ތުރުކީއަށް އައި ބާރުގަދަ ބިން ހެލުން: މިއީވެސް އިމްތިޙާނެއް!: އުރްދުޤާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތުރުކީއަށް އައި ބާރުގަދަ ބިން ހެލުން: މިއީވެސް އިމްތިޙާނެއް!: އުރްދުޤާން

ހުކުރު ދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދުތައް ބައްލަވާލައްވައި އަދި ޖަނާޒާގައި ވެސް ބައިވެރިވެވަޑައިގަތުމަށްފަހު ތުރުކީގެ ރައީސް ޠައްޔިބް އުރްދުޤާން ވިދާޅުވީ މިއީ ވެސް ކުރިމަތި ކުރެއްވެވި އިމްތިޙާނެއް ކަމަށާއި ލިބުނު ގެއްލުމުން އަރައިގަނެ ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިވެދޭން ސރުކާރަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ވާން އޮތް އެންމެ ފުރިހަމައަކަށް ކުރައްވާނެ ކަމަށެވެ.

ހުކުރު ދުވަހު ހަވީރު މިންގަނޑުން 6.8 ގެ ބާރުމިނުގައި އިލަޒިގް އަށް އައިސްފައިވާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 29 އަށް އަރާފައިވާއިރު އަނިޔާ ލިބުނު މީހުންގެ އަދަދު ވަނީ 1466އަށް އަރައިފައެވެ. ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވެސް ގެންދަނީ ކުރަމުންނެވެ.

ރެސްކިޔު ޓީމްތަކުން މެދުކެނޑުމެއް ނެތި މިހާރުވެސް މަސައްކަތްކުރަމުން ގެންދާއިރު ރައްޔިތުންވެސް ގެންދަނީ އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރަމުންނެވެ.

މިއަދު އޮންލައިން