ޗައިނާއިން ފެނި ދުނިޔޭގައި ފެތުރެމުންދާ ވޫހަން ކޮރޯނާ ވައިރަސް ބަލީގައި މިހައިތަނަށް 106 މީހުން މަރުވެފައިވާއިރު 4500 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނުކަން ވަނީ ކަށަވަރު ކުރެވިފައެވެ.
މިކަމާއި ގުޅިގެން ޗައިނާގެ ސިޓީތަކުގައި 60 މިލިއަނަށްވުރެ ގިން މީހުން ތިބީ އެހެން ސިޓީތަކަށް ނުދެވޭ ގޮތަށް ބަންދުވެފައެވެ.
ޗައިނާއިން ބޭރު 17 ތަނެއްގައި މިބަލި ފެތުރި 62 މީހަކަށް ޖެހިފައިވާކަން ޔަޤީންކުރެވޭއިރު އެއިގެ ތެރެއިން 5 މީހުން ފެނިފައިވަނީ އެމެރިކާއިންނެވެ.
ބަލިޖެހޭ މީހުން އަވަހަށް ފަރުވާ ހޯދަން ހިތްވަރު ދިނުމުގެ ގޮތުން ހޮންކޮންގުން މިހާރުވަނީ ބޭސްފަރުވާގެ ހުރިހާ ކަންކަން ހިލޭ ކޮށްދޭނެ ކަމަށް އިޢުލާނުކޮށްފައެވެ