މުސްލިމުންނަށް އަނިޔާ ކުރާ މީހުންނަށް މާތް ﷲ މުޙްލަތެއް ދެއްވަވައެވެ. އެއަށްފަހު މީސްތަކުންނަށް ޢިބްރަތަކަށްވާފަދަ ފިލާވަޅުތައް ފިލާވަޅުތައް ދެއްވަވަތެވެ.
މުސްލިމުންނަށް ކުރަމުންގެންދާ އަނިޔާތައް ދެކޭނެ ބައަކު ނެތް ނަމަވެސް މާތް ﷲ ބައްލަވައިވޮޑިގެންވެއެވެ. މިއަދު ޗައިނާ ތަޖުރިބާކުރަމުން އެގެންދަނީ އެކަމެވެ. ދުނިޔެއަށް ފެތުރެމުން އެދަނީ އެ ވަބާއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ޤައުމު، ދުނިޔޭގެ ވިޔަފާރީގެ އެންމެ ބޮޑު ބާރު، އަސްކަރީ ގޮތުންނާއި ނިޔްކްލިއަރ ބޮޑުބާރު މިއަދު އެވަނީ އިންސާނުންގެ ލޮލަށް ވެސް ނުފެންނަ ކުޑަކުޑަ ވައިރަސްއަކަށް ކުޑަކަކޫ ޖަހަންޖެހިފައެވެ. އެންމެ ވަރުގަދައަށް ފާހަގަކުރަމުން އަންނަ ނިވްއިޔަރ ފާހަގައެއް ނުކުރެވުނެވެ. 60 މިލިއަނަށްވުރެ ގިނަ ރައްޔިތުން އެތިބީ ސިޓީތަކުގައި ބަންދުވެފައެވެ. ނިވްއިޔަރ ފާހަގަކުރަން ބާއްވާ ބޮޑެތި އެއްވުންތަކެއް ނުބޭއްވުނެވެ. ކުދި އެއްވުންތަކަށް ވެސް އެއްވެސް ފުރުޞަތެއް ނެތެވެ. އަމިއްލައަށް އެތިބީ ބޮޑު ބަންދެއްގައެވެ.
1949 ވަނަ އަހަރުން ފެށިގެން ފޭރިގެންފައިވާ އިރުމަތީ ތުރުކިސްތާނުގެ އެތައް މިލިއަން މުސްލިމުން އެވަނީ އެތައް ހާސް ކޭމްޕްތަކުގައި ހައްޔަރުކޮށްފައެވެ. އިސްލާމް ދީން ދޫކުރަން އެގެންދަނީ މަޖުބޫރުކުރުވަމުންނެވެ. ގަދަކަމުން ބަނގުރާ ބޯން ދިނުމާއި އޫރުމަސް ކާން ދިނުމަކީ ޢާންމު ކަމެކެވެ. ރަމަޟާން މަހު ރޯދަ ހިފިއަ ނުދޭތާ އެތައް އަހަރެކެވެ.
އެ ވައިރަސް ހުރިހާ ގޮތަކުން ދުނިޔޭގެ ބޮޑު ބާރު އެމެރިކާއަށް ވެސް ފޯރައިފިއެވެ.
ރާއްޖެއަށް ބަލައިފިނަމަ މަންޒަރު ތަފާތެވެ. ރައްޔިތުންގެ ވިސްނުން ބަދަލުކުރުވައި އިސްލާމް ދީނާއި ދުރުކުރަން މަސައްކަތްކުރަމުން އެގެންދަނީ މަންޒަރު ލޮލަށް ދައްކުވައިގެންނެވެ. ގެސްޓް ހައުސް ވިޔަފާރީގެ ނަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ފަށައި ބަރަހަނާ މަންޒަރުތައް އެގެންދަނީ ދައްކަމުންނެވެ. ކުރިންސުރެ ފަތުރާފައިވާ ޑްރަގުގެ އިތުރުން މީގެ ކުރިން ބަނގުރާ ނުވެސް ދެކޭ ރަށްތައް އެގެންދަނީ ބަނގުރަލުން ފުރަމުންނެވެ. ބަނގުރަލުގެ ވިޔަފާރި ހުއްޓުވަން ކައުންސިލްތަކުން ފިޔަވަޅު އެޅުމުން އެގެންދަނީ ނެރޭ އަމުރު ބާޠިލުކުރުވަމުންނެވެ.
މިކަންކަންވެސް ހަމަ މާތް ﷲ ބައްލަވައިވޮޑިގެންވެއެވެ. އީޔޫ އާއި ދުނިޔެ ރުއްސަން މާތް ﷲގެ އަމުރުފުޅުތައް މުގުރައި ހަދައި ތަންފީޒުކުރަމުން ގެންދާ ޤާނޫނުތަކުގެ ސަބަބުން ކަންކަން މެދުވެރިވަމުންދާ ގޮތް ވެސް މާތް ﷲ ދެކެދެނެވޮޑިގެންވެއެވެ.
ތިރީގައިވާ ލިންކުގައިވާ ވީޑިއޯ އިން އިތުރަށް ޢިބްރަތް ޙާޞިލުކުރައްވާށެވެ!