ޗައިނާގަ މުސްލިމުންނަށް ކުރާ އަނިޔާއަށްވުރެ މާބޮޑު އަނިޔާ ލޮލަށް ވެސް ނުފެންނަ ކުޑަކުޑަ ކޮރޯނާ ވައިރަސް ޗައިނާގަ މިހާރުވެސް ކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ޗައިނާގަ މުސްލިމުންނަށް ކުރާ އަނިޔާއަށްވުރެ މާބޮޑު އަނިޔާ ލޮލަށް ވެސް ނުފެންނަ ކުޑަކުޑަ ކޮރޯނާ ވައިރަސް ޗައިނާގަ މިހާރުވެސް ކޮށްފި!

ޗައިނާއިން ވަނީ 4 މިލިއަނެއްހައި މުސްލިމުން އެމީހުންގެ ޖަލުތަކުގައި ބަންދުކޮށްފައެވެ. ކޮރޮނާ ވައިރަސް 10 ސިޓީއެއްގެ 60 މިލިއަން މީހުން ބަންދުކުރުވައިފިއެވެ. ޗައިނާއިން އެގައުމުގެ މުސްލިމުންގެ ބުރުގާތައް ނަގާ އުކާލިއެވެ. ކޮރޯނާ ވައިރަސް އެވަނީ އެމީހުންނަށް އެމީހުންގެ މޫނު ނިވާ ކުރަން މަޖުބޫރު ކުރުވާފައެވެ! ފިރިހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ގޮތުންނެވެ. 

"އަދި އެއީ އެއުރެން އަނިޔާވެރިވީހިނދު، ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި ރަށްތަކުގެ މީހުންނެވެ. އަދި އެއުރެން ހަލާކުވެދިއުމަށް ކަނޑައެޅިގެންވާ ވަގުތެއް ތިމަންރަސްކަލާނގެ ލެއްވެވީމެވެ." (އަލްކަހްފި: 59) 

އެއްވެސް ޙާލެއްގައި ބުނަން ބޭނުންވަނީ ޗައިނާ ނުވަތަ އެނޫންވެސް ޤައުމެއް ފަނާކުރެއްވެވުމުގެ ވަގުތު އައި ވާހަކައެއް ނޫނެވެ. އެކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ އެވެ! މީސްތަކުންނަށް އަނިޔާވެރިވަމުންދިއަ ޤައުމުތައް ﷲ ތަޢާލާ ހަލާކު ކުރެއްވެވި ކަމާއި އެކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަގުތު ހަމަ އެކަކަށްވެސް ނުއެނގޭނެތެވެ! 

ކަންކަން މެދުވެރިކުރައްވަވާނެ އެއްވެސް ގޮތެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ! ފިލިޕިންސް ފަދަ ބައެއް ޤައުމުތަކުން މިހާރުވެސް އެވަނީ ޗައިނާއަށް ދަތުރުތައް ކުރުން މެދުކަނޑާލައިފައެވެ. ޗައިނާއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނަ ކާބޯތަކެތި އެކްސްޕޯޓްކުރާ ޤައުމެވެ. އެންމެ އަގު ހެވީވެސް ޗައިނާގެ އުފެއްދުންތަކެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގެ ވިޔަފާރިއަށް ކުރާނެ ގެއްލުމާއިމެދު ނިކަން ވިސްނައިލަބަލާށެވެ! 

މިއީ ކުޑައިމިސް ބަސްތައް ބުނެ ބޮޑާވެ އުފާކުރަންވީ ވަގުތެއް ނޫނެވެ. ވިސްނައިދޭން މަސައްކަތްކުރަންވީ ވަގުތެވެ. މުޞީބާތުގައިވާ މީހުންނަށްޓަކައި އޮތީ ހެޔޮ ދުޢާކުރުމެވެ. މުސްލިމުންނަށް އޮތީ އަބަދުވެސް ރިވެތި އަޚްލާޤްޤައި ހިފެހެއްޓުމެވެ. 

މިއީ މުސްލިމުންނަށް އަނިޔާވެރިވަމުންދާ ހުރިހާ ޤައުމުތަކަށް ވެސް ވިސްނައިދޭންވީ ވަގުތެވެ! ފައިސާ އާއި ހަތިޔާރަށްވުރެ ﷲ ތަޢާލާގެ ކޯފާގެ ބާރު މާގަދަވާނެ ކަމެވެ! ނުއެނގި ތިއްބައި ކުރިމަތިކުރައްވަވާ ކުޑަކުޑަކަމަކުންވެސް 

ހިތާމައަކީ މިފަދައިން ލިބޭ ފުރުޞަތުތަކުގައިވެސް ދުނިޔޭގެ ފެންވަރުގައި އަޑު އުފުލައި ﷲ ތަޢާލާގެ މަތިވެރިވަންތަކަމާއި ކުޅަދުންވަންތަކަން ހާމަކުރަން ކުރޭ މުސްލިމް ވެރިން މިއަދު ފެންނަން ނެތް ކަމެވެ. މުސްލިމުންނަށް އަނިޔާކޮށް ހިތުހުރި ގޮތެއް ހަދަމުންދާއިރު އެގޮތަށް އެކަން ކުރަން ﷲ ތަޢާލާ ދޫނުކުރައްވަވާނެ ކަމާއި އަނިޔާ ލިބޭ މީހުންގެ ދުޢާ އިޖާބަ ކުރައްވަވާނެކަންވެސް ބުނެލަން ކެރޭ ވެރިން މުސްލިމުންގެ ތެރޭގައި ނެތް ކަމެވެ.  

ކޮންމެ ކަމެއްވެސް ﷲ ތަޢާލާ މިންވަރުކުރައްވަވަނީ ޢިބްރަތަކަށެވެ! ކުރިމަތިވެގެން މިއުޅޭ ވަބާއިން ވެސް ޢިބްރަތް ޙާޞިލުކުރާށެވެ! ޙައްލާއި ޝިފާ ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް ބިރުވެތިވުން އިތުރުކުރާށެވެ! މިފަދަ ވަބާތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން