ޗައިނާގައި ވަބާއަކަށްވެފައިވާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ދާށާ އަވަށުގައި ކަރަންޓީނުކުރަން އުޅެން ފެށުމުން އަވަށުގެ ރައްޔިތުން ނުކުމެ ފުލުހުންނާ ކުރިމަތިލައިފި އެވެ.
ސަރުކާރުން މަސައްކަތްކުރަނީ އެ އަވަށާއި ދާދި ގާތުގައި، ހިނގާފައި ދެވޭ ސަރަހައްދުގައި ހުރި ފެކްޓްރީއެއް ހުސްކޮށް ބަލިޖެހިފައިވާ މީހުން އެތަނުގައި ކަރަންޓީނުކުރަން ބޭނުންވާ ސާމާނު ގެންނަން ފެށުމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އެކަމަށް ދެކޮޅު ހެދި ގިނަ ބައަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ކޮރޯނާ ވައިރަސް ޖެހިގެން އަނގާރަ ދުވަހުގެ ނިޔަލަށް 132 މީހުން ވަނީ މަރުވެފައެވެ. ޗައިނާގައި 6000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު ތައިލެންޑުން ވަނީ 14 މީހަކަށް ބަލިޖެހިފައެވެ.
ޗޮރޯނާ ވައިރަސް ބައްޔަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް އަދި ކަނޑައަޅާފައެއް ނުވެއެވެ.