ކޮރޯނާ ވައިރަސްއަށް ވެކްސިނެއް ހޯދަން ގިނަ ޤައުމުތަކެއް ގުޅިގެން މަސައްކަތް ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކޮރޯނާ ވައިރަސްއަށް ވެކްސިނެއް ހޯދަން ގިނަ ޤައުމުތަކެއް ގުޅިގެން މަސައްކަތް ފަށައިފި!

ޗައިނާގައި ވަބާއަކަށްވެފައިވާ ކޮރޯނާ ވައިރަސްއަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ގިނަ ޤައުމުތަކެއް ގުޅިގެން ފަށައިފިއެވެ. އިސްދައުރެއް އަދާކުރަނީ ޝައިނާ، އެމެރިކާ އަދި އޮސްޓްރޭލިއާއިންނެވެ.

މީގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން ކުންފުންޏާއި މޮޑަރނާ ތެރަޕެޔުޓިކްސް އިން ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މިމަހު 10 ވަނަ ދުވަހު ފެށި ރިސްރޗް މަސައްކަތުގައި ސައިންސްވެރިން މިހާރު ވަނީ ވެކްސިން އަށް ބޭނުންކުރެވިދާނެ ބައެއް ބާވަތްތައް ފާހަގަކޮށްފައެވެ. ނަމަވެސް ވެކްސިނެއް އުފެއްދޭނެ އެއްވެސް މަގެއް އަދި ނުފެނެއެވެ. މިކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވެފައި މަސައްކަތުގެ ނުރއްކާތެރިކަން ބޮޑުކަން ސައިންސްވެރިން ފާހަގަކުރެއެވެ.

އެބައްޔަކަށް ޝިފާއެއް ނުވާ އެއްވެސް ބައްޔެއް ނުވާނެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. ދުނިޔެއިން މިހައިތަނަށް ފެނުނު ކޮންމެ ބައްޔަކަށް ވެސް ވަނީ ފަރުވާއެއް ހޯދިފައެވެ. އެކަމަށް މުއްދަތަކެއް މިންވަރު ކުރައްވަވަނީ މީސްތަކުން ޢިބްރަތް ޙާޞިލުކުރުމަށެވެ.

މިއަދު އޮންލައިން