ޗައިނާގައި ވަބާއަކަށްވެ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ކޮންޓްރޯލްކޮށް ދުނިޔެއަށް ފެތުރުނަ ނުދިނުމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަސް ދުނިޔޭގެ ލީޑަރުން ގެންދަވަނީ ތައްރީފް ކުރައްވަމުންނެވެ.
ޗައިނާ އާއި އެންމެ ބޮޑަށް ވާދަކުރާ އެމެރިކާގެ ރައީސް ޓްރަމްޕްވެސް ވިދާޅުވެފައިވަނީ ޗައިނާއިން ފުރިހަމަ މައުލޫމާތު ހާމަ ނުކުޜާނަމަ އަދި ބަލިކޮންޓްރޯލް ކުރަން އެވަރަށް މަސައްކަތް ނުކުރާނަމަ ބަލީގެ ނުރައްކާ ދުނިޔެއަށް މާބޮޑުވެގެންދާނެ ކަމަށެވެ. އެހެންކަމުން ރައީސް ޒީ ޖިންޕިންއަށް ވަރަށް ބޮޑަސް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ރައީސް ޒީ ޖިންޕިން މިއަދު ކޮމިޔުނިސްޓް ޕާޓީގެ ވެރިންނާއިއެކު ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވީ ބަލި ފެތުރުނަ ނުދިނުމަށް މަސައްކަތް ކުރުމާއި އެހެންވެސް ކުރެވެން ހުރި މަސައްކަތްތައް ކުރުމަކީ ޗައިނާގެ ޒިންމާއެއް ކަމަށެވެ. އަދި މި ކަންކަމަށް މުޅި ޗައިނާ ގުޅިގެން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.