ކޮރޯނާ ވައިރަސް އާމެދު ދޮގު މައުލޫމާތު ފަތުރާތީ ލަންކާއިން ކަންބޮޑުވުން ފައުޅުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ކޮރޯނާ ވައިރަސް އާމެދު ދޮގު މައުލޫމާތު ފަތުރާތީ ލަންކާއިން ކަންބޮޑުވުން ފައުޅުކޮށްފި

ކޮރޯނާ ވައިރަސް އާއިމެދު ދޮގު މައުލޫމާތު ފަތުރާތީ ސްރީލަންކާއިން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

"މިމަހުގެ 28 ވަނަ ދުވަހު ވެއްޓުނު ދެމީހަކު ވެއްޓުނީ ކޮރޯނާ ވައިރަސް ބަލީގަ ކަމަށް ބުނެ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގަ ޢާންމުކުރި. ނަމަވެސް އެއިން އެއްވެސް މީހަކީ އެ ބައްޔާ އެއްވެސް ގުޅުމެއް ހުރި މީހުންނެއް ނޫން. ރައްޔިތުން ބިރު ނުގަންނަވާ." ލަންކާގެ ޞިއްހީ އިދާއިން ބުނެފައިވެއެވެ. 

ސްރީލަންކާއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި 43 އަަހރުގެ އަނހެން މީހާވެސް މިހާރު އެބަލިން މުޅިން ރަނގަޅުވެފައިވާކަން މިއަދުވަނީ ހާމަކޮށްފައެވެ. 

އޭނާ ޑޮކްޓަރަށް ދެއްކީ ހުން އައިސްގެންނެވެ. ހެދި ޓެސްޓްތަކުން އޭނާ ބައްޔަށް ޕޮޒިޓިވްވިއެވެ. ނަމަވެސް މިހާރު ވަނީ މުޅިން ރަނގަޅުވެ ގެއަށް ފޮނުވޭ ޙާލަތުގައި ކަމަށްވެސް ބުނެފައިވެއެވެ.

މިއަދު އޮންލައިން