ޓްރަމްޕުގެ ޞުލްޙައިގެ ޕްލޭން ބަލައި ނުގަންނަން ޢަރަބި ލީގުން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޓްރަމްޕުގެ ޞުލްޙައިގެ ޕްލޭން ބަލައި ނުގަންނަން ޢަރަބި ލީގުން ނިންމައިފި

މެދުއރުމައްޗަށް ޞުލްހަގެނައުމުގެ ނަމުގައި އެމެރިކާގެ ރައީސް ޓްރަމްޕް އެކުލަވާލެއްވި ޞުލްޙައިގެ ޕްލޭން ބަލައިނުގަންނަން ޢަރަބި ލީގުން ނިންމައިފިއެވެ. 

މިޞުރުގެ ވެރިރަށް ޤާހިރާގައި މިއަދު ބޭއްވި ބަދަލުވުމުގައި މެންބަރު ޤައުމުތަކުން ފާސްކޮށްފައިވަނީ އެއްވެސް ޤައުމަކުން އެ ޕްލޭނަސް އެއްބާރުލުން ނުދިނުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރަން ޖެހޭ އެންމެ ކުޑަމިންވަރަށްވެސް އެ ޕްލޭނުގައި ހިމާޔަތްކޮށްފައި ނެތުމެވެ. 

ޤަރުނުގެ ހުށަހެޅުން ކަމަށް ބުނެ ތައްޔާރުކުރި ޕްލޭން ހުށަހަޅާފައިވަނީ ފަލަސްޠީނާއި އެއްވެސް ވަރަކަށް މަޝްވަރާވެސް ކުރުމެއް ނެތި ހަމައެކަނި އިޒްރޭލް ބޭނުންވާ ގޮތަށެވެ. ޢަރަބި ލީގުން މިއަދުވެސް ނިންމީ 2 ސްޓޭޓް ޕްލޭން ކުރިއަށް ގެންދިއުމަށެވެ.

މިއަދު އޮންލައިން