ޗައިނާގަ ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ ޢަދަދު ވިދިވިދިގެން 5 ވަނަ ދުވަހު ދަށަށް ހިނގައްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 24ސ
ޗައިނާގަ ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ ޢަދަދު ވިދިވިދިގެން 5 ވަނަ ދުވަހު ދަށަށް ހިނގައްޖެ

ޗައިނާގގެ ހުބެލް ސިޓީ ނޫން ސްތޭތްތަކުގައި ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ ޢަދަދު ވިދިވިދިގެން 5 ވަނަ ދުވަހު ދަށަށް ހިނގައްޖެ އެވެ. މި ގޮތުން މިމަހުގެ 3 ވަނަ ދުވަހު 890 މީހުންނަށް ބަލި ޖެހިފައިވާއިރު ފެބްރުވަރީ 8 ވަނަ ދުވަހު ބަލިޖެފައިވަނީ 509 މީހުންނަށެވެ. 

މިއަދާއި ހަމައަށް ބަލައިފި ނަމަ 3281 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މަރުވެފައިވަނީ 908 މީހުންނެވެ. ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވިފައި ތިބީ 23589 މީހުންނެވެ. ބަލި ޖެހުނު ޖުމުލަ މީހުންގެ ޢަދަދަކީ 40171 އެވެ.

މިއަދު އޮންލައިން