ހޮޓެލިއާ މޯލްޑިވްސްއިން ބާއްވާ ޖެނެރަލް މެނޭޖަރސް ފޯރަމް 2020 ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ޖީ.އެމަ ފޯރަމް އަކީ ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތަކުގެ ޖެނެރަލް މެނޭޖަރުންނަށް ޙާއްސަ ކުރެވިގެން ބާއްވާ ހަމައެކަނި ފޯރަމްއެވެ.
ހޮޓެލިއަރ މޯލްޑިވްސްއިން 2016 ވަނަ އަހަރު ޖީ.އެމް ފޯރަމް ތައާރަފް ކޮށްފާވަނީ ރިސޯޓު ތަކާއި ހޮޓެލްތަށް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި މެދު މަޝްވަރާކުރެވި ހައްލެއް ހޯދޭނެ ޕްލެޓްފޯރމްއެށް ގާއިމް ކުރުމުގެ މަޤްސަދުގައެވެ. އެށްދުވަހަށް ދިގުދެމިގެންދާ މި ފޯރަމްގައި ޓުއަރިޒަމް ދާއިރާގެ ތަޖުރިބާކާރު މާހިރުން އެއަހަރަކަށް ޙާއްސަ ކުރެވިފަވާ މަޢުލޫއަށް ޙާއްސަކޮށް ކީ ނޯޓް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަށް ކުރިޔަށްދާނެއެވެ.
ޖީ.އެމް ފޯރަމްގެ ފަސްވަނަ ފޯރަމް މި އަހަރު ފާހަގަ ކުރާއިރު، 100 އަށް ވުރެ ގިނަ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބްރޭންޑްތަކުގެ ޖެނެރަލް މޭނޭޖަރުން ބައިވެރިވާނޭކަމަށް ލަފާކުރެވެއެވެ.
މިއަހަރުގެ ޖީ.އެމް ފޯރަމްް ކުރިއަށްދާނީ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
މި ފޯރަމްގެ މަގްސަދަކީ ރިސޯޓުތަކާއި ހޮޓެލްތަށް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި މެދު މަޝްވަރާކޮށް، ހައްލެއް ހޯދޭނެ ޕްލެޓްފޯރމްއެށް ގާއިމް ކުރުމެވެ.