ގެއަކުން އެއްލައިލެވުނު ތިންލައްކައަށްވުރެ ގިނަ ރުޕީސް ހޯދައިދިނުމުން ދިން އިނާމު ފައިސާ ގިނަވެ ބަލައިގަތުމަށް ދެކޮޅުހަދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ގެއަކުން އެއްލައިލެވުނު ތިންލައްކައަށްވުރެ ގިނަ ރުޕީސް ހޯދައިދިނުމުން ދިން އިނާމު ފައިސާ ގިނަވެ ބަލައިގަތުމަށް ދެކޮޅުހަދައިފި

ކައިވެނީގެ ހަފްލާއެއްގައި މީހަކު ސިޓީއުރައަކަށްލާފައި ހަދިޔާކުރި 350،000 ރުޕީސް ކުނީގެ ތެރޭގައި އެއްލައިލެވުމުން ހޯދައިގެން ގެންގޮސްދިން ކުނިއުކާ މީހާއަށް ހަދިޔާއެއްގެ ގޮތުގަ ދިން ފައިސާ ޤަބޫލުކުރަން ދެކޮޅުހަދައިފިއެވެ. 

ހަފްލާ ނިމިގެން ހޯދައި ނުފެނުމުން ކުނި ކޮތަޅުތައް ބަލަން އުޅުނުއިރު ކޮތަޅުތައް ވަނީ ގެންގޮސްފައެވެ. ކުނި އުކާ މީހާ ގާތު ބުނުމުން ބުނީ ހޯދަން މަސައްކަތްކުރާނެ ކަމަށާއި ފެނިއްޖެ ނަމަ ގެންގޮސްދޭނެ ކަމަށެވެ. 

އެމީހުން ދިއުމުން ކުނިއުކާ މީހާ ކުނިފުނިތެރެއިން އެގޭގެ ކޮތަޅު ހޯދައިގެން ބެލިއިރު އެ ސިޓީއުރަ އޮތުމުން ކަނޑައިވެސް ނުލައި ގެންގޮސްދިނީއެވެ. ގެންގޮސްދިނުމުން ހަދިޔާއެއްގެ ގޮތުގައި ފައިސާ ދިނުމުން ބުނީ ބޭނުން ނޫން ކަމަށެވެ. އެއީ އޭނާ ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

ވަރަށް ބޮޑަށް އާދޭސްކުރުމުން ވަރަށް މަދު ފައިސާކޮޅެއްގައި ހިފާފައި ބުނީ އެހައި ގިނަ ފައިސާ އޭނާއަށް ބޭނުން ނުވާ ކަމަށެވެ. 

މިކަން ހިނގާފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ޕާކިސްތާނުގެ ރަށެއްގައެވެ.

މިއަދު އޮންލައިން