މަންމައަށް ފުރަމޭ ހަދިޔާ ކުރުމަށްފަހު ޕާކިސްތާނުގެ ފިރިހެނަކު ނިޔާވެއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 30ސ
މަންމައަށް ފުރަމޭ ހަދިޔާ ކުރުމަށްފަހު ޕާކިސްތާނުގެ ފިރިހެނަކު ނިޔާވެއްޖެ!

ލާހޯރް: މަންމައަކަށް ފުރަމޭ ހަދިޔާ ކުރުމަށްފަހު ޕާކިސްތާނުގެ ލާހޯރްއަށް އުފަން ޒުވާން ފިރިހެނަކު ނިޔާވެއްޖެއެވެ.

ޝެއިޚް ޒައިދް ހޮސްޕިޓަލުގައި މިދިޔަ މަހުގެ 31 ވީ ހުކުރު ދުވަހު، އުމަރް ފާރޫޤް ބަޖްވާ ނަމަކަށް ކިޔުނު އެމީހާ ނިޔާވެފައިވަނީ އޭނާގެ މަންމައަށް ފުރަމޭ ހަދިޔާ ކުރުމަށްފަހު ބަލިހާލަތު ގޯސްވުމުގެ ސަބަބުންެވެ.

ސަރްވަތު ސުލްތާނާ ނަމަކަށް ކިޔުނު އެމަންމަގެ ފުރަމެއަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށާއި އެހެންކަމުން ވީއެންމެ އަވަހަކަށް ފުރަމޭ ޓްރާންސްޕްލާންޓެއް ހެދުމަށް ޑޮކްޓަރުންވަނީ އިރުޝާދު ދެއްވާފައެވެ.

އެގްރޮނޮމީ ކިޔަވަމުންދިޔަ އުމަރް އޭނާގެ ފުރަމޭ އޭނާގެ މަންމައަށް ހަދިޔާ ކުރިނަމަވެސް، އުމަރު ނިޔާވީ ޝެއިޚް ޒައިދް ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުންގެ ފަރުވާ ކުޑަ ކަމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ފުރަމޭ ބަދަލު ކުރުމުގެ އޮޕަރޭޝަން އުމަރުގެ ކޮށްފައިވަނީ، އޭނާގެ ސިއްޙަތު ހުރިގޮތެއް ބެލުމަށް ފުރަތަމަ ޓެސްޓުތަކެއް ވެސް ކުރުމަށްފަހުއެވެ. އެޓެސްޓުތަކުން އޭނާގެ ހާލުރަނގަޅު ކަމަށާއި ސިއްޙީ އެއްވެސް މައްސަލައެއް ނެތް ކަމަށް ދެއްކިއެވެ.

ނަމަވެސް އޭނާގެ މަންމައަށް ފުރަމޭ ހަދިޔާ ކުރުމަށްފަހު، ކުއްލިއަކަށް އުމަރުގެ ހާލު ދެރަވިއެވެ. އަދި ވެންޓިލޭޓަރަށް ވެސް ލިއެވެ. އިތުރަށް ހެދި ޓެސްޓުތަކުން އެނގުނީ އުމަރަށް "ހެޕަޓައިޓަސް އީ" ޖެހިފައިވާ ކަމެވެ. އަދި އޭގެ ހަފްތާއެއް ފަހުން (ޖަނަވަރީ މަހުގެ 31 ވީ ހުކުރު ދުވަހު) އޭނާ މިދުނިޔެ ދޫކޮށް ނިޔާވިއެވެ.

ޝެއިޚް ޒައިދް ހޮސްޕިޓަލުގެ މިފަރުވާކުޑަ ޢަމަލުގެ ސަބަބުން އުމަރުގެ ފުރާނަ ގޮސްފައިވާއިރު، އޭނާގެ މަންމަގެ ހާލުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ދަރިފުޅާއި ވަކިވުމުގެ ހިތާމާގައި ހުއްޓާ، އުމަރުގެ ފުރަމޭ ހަދިޔާ ކޮށްފައި ހުރުމުގެ ސަބަބުން އޭނާގެ މަންމައަށް ވެސް މިހާރުވަނީ ހެޕަޓައިޓަސް އީ ޖެހިފައިކަމަށް ރިޕޯޓުތަކުން ދައްކާފައިވެއެވެ.

މިއަދު އޮންލައިން