އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ގްރޫޕުން ސްރީލަންކާ ވަކިވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ގްރޫޕުން ސްރީލަންކާ ވަކިވަނީ!

އދގެ އިންސާނީ ޙައްޤުތަކާބެހޭ ގްރޫޕުން ވަކިވަން ނިންމާފައިވާ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު މަހިންދުރަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ. 

ރާޖަޕަކްސަ މިކަން ހާމަކުރެއްވީ ތަމަޅަ ހަނގުރާމަވެރިންނާއި ކުރަމުން އައި ޒަމާންވީ އަހުލީ ހަނގުރާމަ 2009 ވަނައަހަރު ނިންމާލަން ސަރުކާރު ސިފައިން ދިން ޙަމަލާތަކުގައި ތަމަޅަ ޢާންމުންގެ 40000 މީހުން މަރުވެފައިވާ ކަމަށް ބުނާ މައްސަލައެއް އދ އިން ބަލަމުންގެންދާ ވަގުތެއްގައެވެ. 

މަހިންދަ ރާޖަޕަކްސައަކީ ޖަމިއްޔާ ޖަމާއަތްތަކަށް، ޤައުމުތަކަށް ދީއްލަވައި ލެއްވުމުގެ ބަދަލުގައި އަބަދުވެސް ޤައުމުގެ ތަރައްޤީއަށް އިސްކަން ދެއްވައިގެން ނިންމެވުން ނިންމަވާ ހިތްވަރުގަދަ ލީޑަރެކެވެ. އެމަނިކުފާނުގެ ކުރީގެ ވެރިކަމުގެ ދައުރުގައި ކޮރްޕްޝަނުގެ ތުހުމަތުތަކެއް ކުރެވި ވެރިކަން ނިމި އަނެއްކާވެސް އެމަނިކުފާނަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ އެމަނިކުފާނު ޤައުމަށް ގެނެސް ދެއްވި ތަރައްޤީ، ފަހުން ވެރިކަމަށް އައި ސަރުކާރަށް ނުގެނެވުމުންނެވެ.

މިއަދު އޮންލައިން