އިމާމަށް ހަމަލާދިން މަޑުކަށި ފިކުރުގެ ޓެރަރިސްޓް ހަދާނީ ނަފްސާނީ މީހަކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އިމާމަށް ހަމަލާދިން މަޑުކަށި ފިކުރުގެ ޓެރަރިސްޓް ހަދާނީ ނަފްސާނީ މީހަކަށް؟

މިދިއަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގެ މިސްކިތެއްގައި ބަންގިގޮވަން ހުންނަވަނިކޮށް 70 އަހަރުގެ އިމާމުގެ ކަރުފުޅަށް ތޫނު ވަޅިއަކުން ޙަމަލާދިން ޓެރަރިސްޓް މީހާގެ ތަޙްޤީޤް ނިމޭއިރު އޭނާ ހަދާނީ ސިކުނޑި ހަމަނުޖެހޭ ނަފްސާނީ ބަލީގެ މީހަކަށް ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ.  

މިފަދަ ޢަމަލެއް މުސްލިމަކު ކުރިނަމަ އެމީހާ ވަގުތުން ހަދާނީ ހަރުކަށިފިކުރުގެ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓަކަށެވެ. ދުނިޔޭގެ ހުރިހާ ބޮޑެތި މީޑިއާތަކުން ވަގުތުން އެކަން އިއުލާނުކުރާނެއެވެ. ފަލަސުރުޚީގައި ހަފްތާއެއް ވަންދެން ޚަބަރުވެސް ބައިންދާނެއެވެ. 

މުސްލިމުން ބަލިކަށިކުރުވަން ދުނިޔޭގައި ހިންގަމުން ގެންދާ މިފަދަ ޖަރީމާ ތަކާއި ދެކޮޅަށް މުސްލިމުން އަޑުއުފުލުން އިތުރުކުރަން ވަނީ ޖެހިފައެވެ. ހަރުކަށްޓާއި މަޑުކަށީގެ ތަފާތުގެ ވާހަކަ ދައްކަން ޖެހެއެވެ. އަދި މަޑުކަށީގެ ކިބައިން މުސްލިމް އުންމަތް ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވެސް ޖެހެއެވެ. 

މިއަދު އޮންލައިން