ގިނަ ދުވަސްތަކަކު އާލާސްކަންފުޅާއި އުޅުއްވުމަށްފަހު، މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އަވަހާރަ ވެއްޖެއެވެ.
އެމަނިކުފާނު އަވަހާރަވީއިއު އުމުރުފުޅަކީ 91 އަހަރެވެ.
ހުސްނީ މުބާރަކް މިސްރުގެ ރައީސް ކަމާއި ހަވާލުވީ 1981 ވަނަ އަހަރުއެވެ. އެމަނިކުފާނަކީ އެޤައުމުގެ ހަތަރުވަނަ ރައީސް އެވެ. މުޅިއަކު 30 އަހަރު ވެރިކަން ކުރެއްވުމަށްފަހު، ހުސްނީ މުބާރަކް ވެރިކަމުން ދުރުވެ ވަޑައިގެންނެވީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު، އެޤައުމުގައި އެމަނިކުފާނާއި އިދިކޮޅަށް ކުރި ވަރުގަދަ މުޒާހަރާއަކާއި ގުޅިގެން އިސްތިއުފާ ދެއްވުމަށްފަހުއެވެ.
ނަމަވެސް އެއިރު އެމުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން 239 މީހުން މެރިކަމުގެ ކުށާއި ޚިޔާނާތުގެ ކުށުގެ ދައުވާތަކެއް، އެއިރު އެމަނިކުފާނުގެ މައްޗަށްވަނީ އުފުލާފައެވެ. އެދައުވާތައް ސާބިތުވުން އަހަރުތަކެއް ވަންދެން ޖަލުގައި ހުކުމް ތަންފީޒުކުރެއްވުމަށްފަހު، ހުކުމް އިސްތިއުނާފު ކުރުމުން އެމަނިކުފާނު ވަނީ 2017 ވަނަ އަހަރު މިނިވަންވެ ވަޑައިގެންފައެވެ.
ހުސްނީ މުބާރަކް އުފަންވެ ވަޑައިގަތީ ނައިލް ޑެލްޓާ ކިޔާ އަވަށެއްގައި 1928 ވަނަ އަހަރުއެވެ. ބައެއްމީހުން ދެކޭ ގޮތުގައި ހުސްނީ މުބާރަކްގެ ވެރިކަމުގައި ގިނަ އަދަދެއްގެ ކޮރަޕްޝަން މައްސަލައާއި، ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކާއި ސިޔާސީ ކަންބޮޑުވުންތަކުގެ އިތުރުން އިޖުތިމާއީ އެކިއެކި މައްސަލަތައް ވެސް ފެންމަތިވެފައިވެއެވެ.