މުސްލިމުންނާއި ދެކޮޅަށް ޢަދާވާތެތރރިވުމުގައި ހައްދުފަހަނައަޅާފައިވާ ހިންދޫންގެ ޖަމާއަތްތަކުން ދިއްލީގެ މަގުތަކުގައި މުސްލިމުންގެ ގައިގައި ތަޅައި މަރަމުން ގެނަދާއިރު ފުލުހުން ތިބެނީ ފުރަގަސްދީގެން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ހާމަކުރަން ފަށައިފިއެވެ.
ދިއްލީގައި އެކަނިވެސް 20 މުސްލިމުން މިހައިތަނަށް އަނިޔާވެރި ގޮތުގައި މަރާލާފައިވާއިރު ޚަބަރުތަކުގައި ބުނަނީ މިހާރު ކުރިއަށް ގެންދަނީ މުސްލިމުންނާއި ދެކޮޅަށް ފަހުގެ ތާރީޚުގައި އިންޑިއާގައި ހިންގާ އެންމެ އަނިޔާވެރި ޢަމަލުތައް ކަމަށެވެ.
ހައްދުފަހަނައަޅާފައިވާ ހިންދޫން އިއްޔެ ވަނީ މުސްލިމުންގެ މިސްކިތަކާއި ބާޒާރެއްވެސް އަންދާލައިފައެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރަމުން ގެންދާ އަނިޔާތަކާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ބިރުން ތިބި މުސްލިމް ލީޑަރުން ތިބީ މިކަމުގައިވެސް ބަހެއްއ ބުނަންވެސް ބިރުންނެވެ. ބަގްވާން ކަލާނގެ ދެކެ ގަންނަ ބިރަކުންނެވެ!