އިންޑިއާގެ ސިފައިންނާ ފުލުހުން ނުކުމެ ކޮންމެ ދުވަހަކު މުސްލިމުންނަސް ކުރަމުން ގެންދާ އަނިޔާތައް ދިވެހިރާއްޖޭގެ ވެރިންގެ ލޮލަށް ދުވަހަކުވެސް ފެންނާނެތޯ އެއީ މިހާރު އެންމެ ގިނަ ބައަކު ކުރާ އެއް ސުވާލެވެ! އެ ސުވާލު ކުރަނީ ކޮންމެ ދުވަހަކު ހާމަކުރަމުން ގެންދާ އެތައް ސަތޭކަ ވީޑިއޯތައް ދިވެހިރާއްޖޭގެ ވެރިންނަށް ނުފެންނާތީއެވެ.
ދިވެހި ރައްޔިތުންގެ ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި މިއަދު ވިސްނައިލަންވީ އިންޑިއާ ރައްޔިތުންގެ އެތައް މިލިއަން ބައަކު ފާޚާނާ ތަށްޓެއް ލޮލުން ނުދެކެ ތިބެ ޢުމުރު ހުސްވެ މަރުވަމުންދާއިރު، އަދި އެކަމުގެ ސަބަބުން ބޮޑެތި ޞިއްޙީ، އިޖުތިމާޢީ މައްސަލަތައް ކުރިމަތިވަމުންދާއިރު އެކަމަށް އަޅައިނުލާ ސަރުކާރަކުން ރާއްޖޭގައި ނަރުދަމާއަޅައި ބްރިޖް އަޅައިދޭ ސަބަބަށެވެ!
ރާއްޖޭގެ މާޒީއަށް ބަލައިފިނަމަ މިނިވަންކަމާއި އިސްތިޤްލާލް ވިއްކާލަން ޙަސަން ތާޖުއްދީނުގެ ދެދަރިންނަށް ވެގެންދިއައީ ވަރަށް ފަސޭހަކަމަކަށެވެ. ސިޓީއެއް ފޮނުވައިލުމުން އެކަން އޮތީ ޙާޞިލުވެފައެވެ. ވިސްނައިލަންވީ ޤައުމަށް ޚިޔާނާތްތެރިވި އެ 2 ބެއިންގެ ނިމުމާއި ރައްޔިތުންނަށް ކުރިމަތިލާން ޖެހުނު މުޞީބާތްތަކަށެވެ.
Watch this video: Delhi police joined Hindutva mobs and terrorized Muslims in Delhi.
— Arjun Sethi (@arjunsethi81) March 5, 2020
This was an anti-Muslim pogrom sponsored and enabled by government officials at every level.
pic.twitter.com/PqYgii1Uyo