މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާވައިރަސްއަކީ މިހައިތަނަށް ދުނިޔެއިން ފެނުނު އެންމެ ނުރައްކާތެރިކަން ބޮޑު ބަލި ނުވަތަ ވައިރަސްކަމަށް އެމީހުންވެސް އެއްބަސްވެއެވެ. އެމީހުން އެއްބަސް ނުވަނީ ދުނިޔޭގެ ތާރީޚުގައިވެސް މީހުންގެ ނުބައިކަން ބޮޑުނުވާވަރަށް މީހުން ނުބައިވެއްޖެ ކަމަށެވެ.
ބައްޔަށް ވެކްސިނެއް ހޯދަން ކުރެވޭ މަސައްކަތްތަކުގައި އެންމެ އިސްދަުރެއް އަދާކުރައްވަމުން ގެންދަވާ ޑރ. ޑރ. ރިޗާޑް ހެޗެޓް ވިދާޅުވެފައިވަނީ މިއީ އޭނާގެ މުޅި ކެރިއަރުގައިވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ނުރައްކައުތެރިކަން ބޮޑު މައްސަލަ ކަމަށެވެ. އަދި ކޮރޯނާ ވައިރަސްގައި އެހެން ވައިރަސްތަކާއި ޚިލާފަށް ނުރއްކަތެރިކަން ބޮޑު ގިނަ ބައިތަކެއް ހިމެނިފައިވާ ކަމަށެވެ. ޓްވީޓުގެ ވީޑިއޯ އަޑުއައްސަވާލައްވާ!
މީހުންގެ ނުބައިކަން ހައްދުފަހަނައަޅައިދާވަރަކަށް ﷲ ފޮނުއްވަވާ ޢުޤޫބާތް ބޮޑުވެގެންދާނެކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުން ވަރަށް ސާފުކޮށް އެނެގެން އެބައޮތެވެ. ބަލި ފެތުރުނު ގޮތާއި ނުރައްކާ ބޮޑުވެފައިވާ ޤއުމުތަކުގައި ކަންކަން ހުރި ގޮތަށް ބައްލަވައިލެއްވުމުން ކަންކަން މެދުވެރިވަމުން މިދަނީ ކިހިނަކުންކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ!
ސައިންސްވެރިންނަށްވެސް އަދި ބައްޔާއި ގުޅިގެން ވާހަކަ ދައްކާ މީހުންނަށްވެސް ޤަބޫލު ނުކުރެވިގެން އުޅެނީ މީހުންގެ ނުބައިކަން ހައްދުފަހަނައަޅައި ހިނގައްޖެކަމެވެ. އިންސާނުންގެ ސިފައިގައި ތިބެ ވަލުޖަނާވާރުން ވެސް ނުކުރާ ޒާތުގެ ޢަމަލުތައް ކުރަމުން ގެންދާ ކަމެވެ. ﷲ ގެ އެއްކައުވަންތަކަން ޤަބޫލުނުކުރާ ތަނުގައި ފައުޅުގައި ﷲ އަށް ގޮންޖަހަމުން ގެންދިއުންވެސް ހައްދަފަހަނައަޅައި ގޮސްފައިވާ ކަމެވެ.
⚠️#COVID19 “is the most frightening disease I've ever encountered in my career...because of the combination of infectiousness & a lethality that appears to be many-fold higher than flu.” Dr. Richard Hatchett, leading efforts to find a #coronavirus vaccine.pic.twitter.com/WFoVqSSeKW
— Dr. Dena Grayson (@DrDenaGrayson) March 7, 2020