ޓްރަމްޕާ ބައްދަލުކުރި ބްރެޒިލްގެ ރައީސް އާ ޕްރެސް ސެކެޓްރީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ޓްރަމްޕާ ބައްދަލުކުރި ބްރެޒިލްގެ ރައީސް އާ ޕްރެސް ސެކެޓްރީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ!

އެމެރިކާގެ ރައީސް ޓްރަމްޕް އާއި ދާދިފަހުން ބައްދަލުކުރި ބްރެޒިލްގެ ރައީސް ޖައި ބޮލްސޮނާރޯ އާއި ފެބިއޯ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ އެވެ. 

ރައީސް ބޮލްސޮނާރޯ ޓެސްޓްކުރެވުނީ ޕްރެސް ސެކްޓްރީ ޕޮޒިޓިވްވުމުންނެވެ. ޓްރަމްޕް އަދި މިހައިތަނަށް ޓެސްޓް ކުރިކަމުގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. 

އޮސްޓްރޭލިއާގެ ހޯމް މިނިސްޓަރު ޕީޓަރ ޑަންޓަން އާއި އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު ނެޑީން ޑޮރީސް ވެސް ވަނީ ޕޮޒިޓިވްވެފައެވެ. އީރާނުގެ އިސް ބައެއް ބޭފުޅުން ޕޮޒިޓިވްވެފައިވާއިރު ބައެއް ބޭފުޅުން ވަނީ އަވަހާރަވެފައެވެ. އެއިގެ ތެރޭގައި ހެލްޓް މިނިސްޓަރުގެ ނައިބް ވެސް ހިމެނިވަޑައިގަންނަވައެވެ.

މިއަދު އޮންލައިން