ކޮރޯނާ ވައިރަސް އެ ވަރުގަދަ އެމެރިކާގެ ޕެންޓެގަން ވެސް ފޫއަޅުވާލައިފިއެވެ. ޑިފެންސް މިނިސްޓަރާއި މިނިސްޓަރުގެ ނައިބުވެސް ކަރަންޓީނުކުރުވައިފިއެވެ. ނަމަވެސް ދެ ބޭފުޅުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވިކަން އަދި ހާމަކޮށްފައެވެ. ނަމަވެސް ޕެންޓެގަންގެ 37 މީހަކު ޕޮޒިޓިވްވެފައިވާކަން ވަނީ ހާމަކޮށްފައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ނެރުއްވި ބަޔާނުގައި ވަނީ 10 މީހުންނަށްވުރެ ގިނައިން އެއްވެސް ތަނަކަށް އެއްވެ އުޅުން ވެސް މަނާކުރައްވައިފައެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން 500 ވަރަކަށް މީހުން ވަނީ ކަރަންޓީނުކުރަން ޖެހިފައެވެ. އެ އަދަދަށް މީހުން ކަރަންޓީނުކުރެވޭނެ ހޮސްޕިޓަލެއް ނެތެވެ. ހުރި ވަރަށް ކުދި ހޮސްޕިޓަލްތަކެކެވެ.