2 ހަރަމްފުޅު ފިޔަވައި ސައުދީގެ އެއްވެސް މިސްކިތެއްގަ ޖަމާޢަތުގަ ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
2 ހަރަމްފުޅު ފިޔަވައި ސައުދީގެ އެއްވެސް މިސްކިތެއްގަ ޖަމާޢަތުގަ ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައިފި

މައްކާ އާއި މަދީނާގެ ޙަރަމްފުޅު ފިޔަވައި ގެއިން ބޭރު އެއްވެސް ތަނެއްގައި ޖަމާޢަތުގައި ނަމާދުކުރުން ސައުދިޢަބިޔާގައި ވަގުތީ ގޮތުން މަނާކޮށްފިއެވެ. މީގެ ތެރޭގައި ފަރުޟު ނަމާދާއި ހުކުރު ނަމާދުވެސް ހިމެނެއެވެ. 

މިގޮތަށް ހަމަޖެއްސުމުން މިސްކިތްތަކުގައި ފަރުޟު ނަމާދާއި ހުކުރު ނަމާދު ކުރުން މިވަގުތު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ސަރުކާރުގެ އަމުރުގަ ވަނީ ގޭގައި ނަމާދުކުރުމަށެވެ. 

ސައުދިޢަރަބިޔާއިން މިފިޔަވަޅު އަޅާފައިވަނީ ކޮރޯނާ ވައިރަސްގެ ހާލަތު މިވަގުތު އޮތް ގޮތުން ދީނީ ޢިލްމުވެރިންގެ ލަފާފުޅާއިވެސް އެކުގައެވެ.

 

މިއަދު އޮންލައިން