ސައުދިޢަރަބިޔާގެ ހުރިހާ މިސްކިތްތަކެއްގައި ވަގުތީ ގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމުން ގޭގައި ތިބެ ނަމާދުކުރަން ބަންގިގޮވަން ޖެހުމުން އިމާމަށް ގިސްލާ ރޮވި ބަންގި ނުގޮވިގެން އުޅުނު އަޑު ޚަބަރުގައިވާ ޓްވީޓުން އަޑުއައްސަވާލައްވާށެވެ.
ސައުދީގައި ކޮރޯނާ ވައިރަސްގެ އިތުރު 38 ކޭސް މިއަދު ވަނީ ފެނިފައެވެ. މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 171 އަށް އަރާފައިވާއިރު އިތުރު އެތައް ބައެއްގެ ޓެސްޓްތައް ދަނީ ހަދަމުންނެވެ. ސައުދީގެ ހުރިހާ ރައްޔިތުން މިހާރު ތިބީ ގޭބަންދުގައެވެ. މަގުމަތީގައި ޙަރަކާތްތެރިވެވެނީ ޙަރަކާތްތެރިވާން ޖެހޭ ޞިއްހީ އޮފިޝަލުންނަށް އެކަންޏެވެ. ސަރުކާރާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ. ޤަޠީފް ސިޓީވަނީ އެއްކޮށް ލޮކްޑައުންކޮށްފައެވެ.
ސައުދީގެ އިތުރުން މެދުއިރުމަތީގެ އެހެން އިސްލާމީ ޤައުމުތައްވެސް މިވަގުތު އޮތީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
ޓްވީޓާ ލިންކް:
https://twitter.com/hashtag/ايقاف_الصلاه_بالمساجد?src=hash&ref_src=twsrc%5Etfw