ކޮރީނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަ ކުރުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީނިޔަ މުވައްޒަފުންގެ މުސާރަ އިން ވިހި ޕަސެންޓް އުނި ކުރަންނިންމައިފިއެވެ.
މިކަމާގުޅިގެން އެމްޕީއެލް އިން ބުނެފައިވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ކުންފުނީގެ ބޯޑު މެންބަރުންނާއި ސީނިޔަ އެގްޒެކެޓިވް އަދި އެޗްއޯޑީންގެ މުސާރަ އިން 20 ޕަސެންޓް ކުޑަ ކުރަން ނިންމާފައިވާ ކަމަށާއި އެހެންނަމަވެސް އެ ކުންފުނީގެ ޖޫނިއަ ސްޓާފުންގެ މުސާރަ އަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށެވެ.
ކޮރީނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުގެ ވަނީ ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ކުޑަ ކުރަން ނިންމާފަ އެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ.