ފަލަސްޠީނު ކުޑަ އަންހެން ކުއްޖާ ދުނިޔޭގެ އެންމެންނަށްޓަކައި ކުރި ދުޢާ! ދުނިޔޭގެ އެންމެންނަށްޓަކައި ޢިބްރަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ފަލަސްޠީނު ކުޑަ އަންހެން ކުއްޖާ ދުނިޔޭގެ އެންމެންނަށްޓަކައި ކުރި ދުޢާ! ދުނިޔޭގެ އެންމެންނަށްޓަކައި ޢިބްރަތެއް!

ޚަބަރުގައި އެވަނީ ފަލަސްޠީނުގެ ކުޑަ އަންހެން ކުއްޖަކު ކޮރޯނާ ވައިރަސްގެވަބާއިން ދުނިޔޭގެ އެންމެން ސަލާމަތްކޮށްދެއްވެވުން އެދި ކުރާ ޚާއްޞަ ދުޢާއެކެވެ. އެކުއްޖާ މުޅި ދުނިޔެއަށް އެ ދިނީ ވަރަށް ވަރުގަދަ މެސެޖެކެވެ. ފިލާވަޅެކެވެ. 

ކިތަންމެ ދަތިޙާލުގައި ތިބި ނަމަވެސް އެންމެންނަށްޓަކައި ހެޔޮ ދުޢާކުރަންވާނެ ކަމެވެ. ދޭނެ އެއްވެސް އެއްޗެއް އަތުގައި ނެތް ނަމަވެސް ހެޔޮ ދުޢާ ކުރެވިދާނެ ކަމެވެ. އަދި މުސްލިމުންނަކީ ކޮންމެ ޤައުމެއްގައި ތިބި ނަމަވެސް މުޅި އިސްލާމީ އުންމަތަށްޓަކައި ހެޔޮ ދުޢާކުރަން ޖެހޭނެ ބައަކު ކަމެވެ. 

ހަމައެއާއިއެކު ފަލަސްޠީނުގެ ރައްޔިތުންނަށް މިއަދުވެސް ތިބެންޖެހެނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ އަޅުވެތިކަމާއި އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެގެން ނަމަވެސް ދުނިޔޭގެ އެންމެންނަށް ވެސް އެމީހުންގެ ހިތުގައި ލޯބި އެބައޮތް ކަމެވެ. 

ފަލަސްޠީނުގެ މި ލޯބިލޯބި ކުއްޖާ ދުނިޔެއަށް ހާމަކޮށް އެދިނީ ކޮންފަދަ ރިވެތި މިސާލެއްތޯއެވެ؟ 

https://twitter.com/i/status/1241065631723724815

މިއަދު އޮންލައިން