އެކުޑަކުޑަ ކޮރޯނަސް އެ ބޮޑު ބާރުގަދަ އެމެރިކާއަށްވެސް ސަލާމަތްވެ އޮތުގެ ފުރުޞަތެއް ނުދިނެވެ. އަދި ކުރާ ކޮންމެ ކަމަކުން ސަލާމަތްކޮށްދެމުން ގެންދާ އިޒްރޭލަށްވެސް ސަލާމަތްވެ އޮތުމުގެ ފުރުޞަތެއްވެސް ނުދިނެވެ.
ހުރިހާ ޒަމާނީ ހަތިޔާރުތައް ފޫއަޅުވާލާފައި އެމެރިކާއަށް އަރައި 26904 މީހުންގެ ހަށިގަނޑުގެ ތެރެއަށް ވަދެގެންފިއެވެ. 394 މީހުން މަރުވެފައިވާއިރު ގަދަވީ އެންމެ 178 މީހުންނެވެ.
އެމެރިކާއިން ރައްކާތެރިކަން ފޯރުކޮށްދީފައިވާ އިޒްރޭލަށް ހަމަ އެކުޑަކުޑަ ވައިރަސް އަރައި 1007 މީހުންގެ ހަށިގަނޑުގެ ތެރެއަށް ވަދެގެންފިއެވެ. އެކަކު މަރުވެސް ވެއްޖެއެވެ. ގަދަވީ އެންމެ 37 މީހުންނެވެ.