ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް "އެލްކޮހޮލް ބޭސްޑް" (ބަނގު އާވި ހުންނަ) ތަކެތި ބޭނުންކުރާތީ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމުގެ ބޭނުމުގައި ބަނގުއާވި ބޭނުންކުރި މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރުވަނީ 200 އަށްވުރެ ގިނަވެފައެވެ.
"ކުއްޖާގެ މަންމަ އާ ބަޕަ ކޮރޯނާއިން ދަރިފުލު ސަލާމަތްކުރުމުގެ ބޭނުމުގަ ކޮންމެވެސް އެއްޗަކާ މިކްސްކޮށްފަ ބަނގުއާވި ދިނީ. ވަގުތުން ދެލޯ ބޭރަށް ނުކުމެއްޖެ. ލޮލުގެ ފެނުން ގެއްލިއްޖެ. މިހާރު އޮތީ ވަރަށް ސީރިއަސް ޙާލަތުގަ ކޯމާގަ!"
"އާދޭސްކޮށް ސަލާންޖަހާފަ މިއެދެނީ އެބާވަތުގެ އެއްވެސް ކަމެއް ނުކުރަން! އެލްކޮހޯލް (ބަނގުއާވި) އަދި އެލްކޮހޯލް (ބަނގުރާ) އަކީވެސް ކޮރޯނާ ވައިރަސް އިން ސަލާމަތް ވުމުގެ ބޭނުމުގައި ބޯން ހެޔޮވާނެ އެއްޗެއް ނޫން. ބަނގުރާ ބުއީމާ އެކަމުގެ ގެއްލުން ލިވަރއަށް ލިބޭ. ލަންގްސްއަށް ލިބޭ. ވީމާ ކޮރޯނާ ވައިރަސް ޖެހުނީމާ ޙާލު ސީއަސްވެގެންދަނީ ވަރަށް އަވަހަށް!" ކަމަށްވެސް ލަފާދެއްވި ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.