ހުރިހާ ދަރިވަރުން ހިތްވަރު ލިބިގަންނަންވީ އޮކްސިޖަން ސިލިންޑަރާއެކު އިމްތިޙާން ހެދި ސާފިއާގެ ކިބައިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހުރިހާ ދަރިވަރުން ހިތްވަރު ލިބިގަންނަންވީ އޮކްސިޖަން ސިލިންޑަރާއެކު އިމްތިޙާން ހެދި ސާފިއާގެ ކިބައިން!

ހުރިހާ ކުދިންވެސް ޚަބަރުގައިވާ ލިންކުން ކިޔޭ ޚަބަރު ކިޔައިލާށެވެ! ތިއަ ހުރިހާ ކުދިންނަށްވެސް އިނގިރޭސި އެނގޭނެއެވެ. ވީމާ ކޮންމެހެން ހުރިހާ ވާހަކަތަކެއް ލިޔާކަށް ނެތީމެވެ! 

ތިއަ ކުދިން ޢިބްރަތް ޙާޞިލުކުރަންވީ އުމުރުން 16 އަހަރުގެ ސާފިއާގެ ހިތްވަރުންނެވެ. ފުއްޕާމޭގެ މައްސަލަތައް ބޮޑުވެ އޮކްސިޖަން ސިލިންޑަރު ހިފައިގެން އުޅެންޖެހިފައިވާ ސާފިއާ އެވަނީ ކޮންމެ ގޮތަކުން ނަމަވެސް އިމްތިޙާން ހަދަން މަސައްކަތްކޮށްފައެވެ. އޭނާ އިމްތިޙާން ހަދަން އެވަރަށް ބޭނުންވާނީ އެކަމަށް ތައްޔާރުވެވިފައިވާ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އޮތުމުންނެވެ! 

ތިއަ ލޮބުވެތި ދަރިވަރުން ވިސްނައިލަންވީ ކަމަކީ ﷲ ގެ ރަޙްމަތްފުޅާއެކު ފުރިހަމަ ޞިއްހަތުގައި ތިއަ ކުދިން ތިބެ އަދި މައިންބަފައިންގެ އެހީތެރިކަން ލިބެމުން އަންނައިރު ކިޔަވަން މަސައްކަތްކުރެވޭ މިންވަރާއިމެދުގައެވެ. ހިތްވަރު ކުރެވޭ މިންވަރާއިމެދުގައެވެ. 

ކިޔެވުމަކީ ޢާންމު ގޮތެއްގައި އުމުރުގެ ވަރަށް މަދު ދުވަސްކޮޅަކު ބުރަކޮށް ކުރަން ޖެހޭ ކަމެކެވެ. އެއިގެ ފަހުން ލުއިވެއެވެ. ދިރިއުޅެން މަސައްކަތްކުރަމުން ވެސް ކިޔެވޭނެއެވެ! ޢާއިލީ ދިރިއުޅުމެއް އުޅެމުންވެސް ކިޔެވޭނެއެވެ. ވީމާ ބުރަކޮށް މަސައްކަތްކުރަން ޖެހޭ ދުވަސްކޮޅު ހިތްވަރުކޮށްލާށެވެ! އެކަމުގެ ފައިދާ މުޅި އުމުރުގައިވެސް ކުރާނެއެވެ. 

ގުޅުންހުރި ލިންކް:

https://www.republicworld.com/india-news/general-news/girl-bound-to-oxygen-cylinder-due-to-lung-disease-gives-her-board-exam.html

 

 

މިއަދު އޮންލައިން