ޗައިނާގެ ހުބެއި ޕްރޮވިންސް ދެ މަހަށް ފަހު އަލުން ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ޗައިނާގެ ހުބެއި ޕްރޮވިންސް ދެ މަހަށް ފަހު އަލުން ހުޅުވާލައިފި

ޗައިނާގައި އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެނުމުން މިދިޔަ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު ލޮކްޑައުން ކުރި ހުބެއި ޕްރޮވިންސް ދެމަސްދުވަހަށްފަހު އަލުން ހުޅުވައިފިއެވެ.

ހުބެއި ޕްރޮވިންސް ހުޅުވާލުމާ އެކު އެކި ސިޓީތަކުގައި ބަންދުވެފައި ތިބި މީހުން ވަނީ އެ މީހުންގެ އަމިއްލަ ގެއަށް ދިއުމަށް ރޭލްވޭ ސްޓޭޝަންތަކުގައި ދިގު ކިއުތަށް ހަދައިފައެވެ. 

ހުބެއި ޕްރޮވިންސް ލޮކްޑައުން ކުރުމުގެ ސަބަބުން 56 ލިއަން މީހުން އެ ޕްރޮވިސް ގައި ވަނީ ބަންދުވެފައެވެ. މި ޕްރޮވިންސްގެ ދަތުރުތައް އަލުން ހުޅުވާލި ނަމަވެސް ދަތުރު ކުރުމަށް ހުއްދަ އޮންނަނީ ސިއްހަތު ރަނގަޅު މީހުންނަށް އެކަންޏެވެ.

ހުބެއިގެ ބައެއް އެއާޕޯޓްތައް ވެސް ބުދަ ދުވަހު ހުޅުވާލާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. 

މިއަދު އޮންލައިން