އިންޑިއާގަ ގެއިން ބޭރުގަ އުޅޭ މީހުން ހުއްޓުވަން ފުލުހުން ބޭނުންކުރަނީ ލަޓިބުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އިންޑިއާގަ ގެއިން ބޭރުގަ އުޅޭ މީހުން ހުއްޓުވަން ފުލުހުން ބޭނުންކުރަނީ ލަޓިބުރި!

އިންޑިއާ 21 ދުވަހުގެ ލޮޖްޑައުންއަކަށް ގޮސްފައިވާއިރު މަގުމަތީގައި ހަރަކާތްތެރިވާ މީހުން ހުއްޓުވަން ފުލުހުން ބޭނުންކުރަމުންދަނީ ލަޓިބުރިއެވެ. މަގުމަތީގައި ދުއްވާ މީހުންނާއި އަރައި ހަމަކޮށް ގެންދަނީ ލަޓިބުރިން ތަޅަމުންނެވެ.

މިވަގުތުގެ ތަފާސް ހިސާބުތަކަށް ބަލައިފިނަމަ އިންޑިއާގައި ޕޮޒިޓިވްވެފައިވަނީ 799 މީހުންނެވެ. ސީރިއަސް ޙާލަތުގައި ތިބި މީހުންގެ އަދަދު އެނގޭކަށް ނެތެވެ. މަރުވީ 20 މީހުންނެވެ. 

ދުނިޔޭގަ ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 549,474 އަށް އަރައިފައެވެ. މަރުވި މީހުންގެ އަދަދު ވަނީ 24,883އަށް އަރައިފައެވެ.

 

މިއަދު އޮންލައިން