ކޮރޯނާގެ ނުރައްކާ ބޮޑުވަނީ! 1 ގަޑިއިރު ތެރޭ ހަސަތޭކަ ސާޅީސް އަށް މީހުން މަރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކޮރޯނާގެ ނުރައްކާ ބޮޑުވަނީ! 1 ގަޑިއިރު ތެރޭ ހަސަތޭކަ ސާޅީސް އަށް މީހުން މަރުވެއްޖެ!

މިރޭގެ 9.30 ވީއިރު ރިޕޯޓްތައް ދައްކާ ގޮތުން ދުނިޔޭގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 752،288 އަށް އަރައިފައެވެ. މަރުވި މީހުންގެ އަދަދަކީ 36،207 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދަކީ 158،688 އެވެ. 

މިރޭގެ 10.30 ވީއިރު ރިޕޯޓްތައް ދައްކާ ގޮތުން ދުނިޔޭގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 759،321 އަށް އަރައިފައެވެ. މަރުވި މީހުންގެ އަދަދަކީ 36،855 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދަކީ 160،140 އެވެ. 

މި ހިސާބުން އެނގިގެންދަނީ 1 ގަޑިއިރުގެ ތެރޭގައި 648 މަރު ރިޕޯޓްކުރެވުނު ކަމެވެ. އަދި ދުނިޔޭގައި ނުރައްކާތެރި ޙާލަތުގައި ތިބި މީހުންގެ އަދަދު ވަނީ 29,446 އަށް އަރައިފައެވެ. 

އިޓަލީގައި ބަލި ޖެހުނު މީހުންގެ އަދަދު 101,739 އަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 812 މީހުން އިތުރަށް މަރުވެ  11,591އަށް އަރައިފައެވެ. ސްޕޭންގައި ބަލި ޖެހުނު މީހުންގެ އަދަދު 85,195 އަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީއިތުރަށް މަރުވި 537 މީހުންނާއިއެކު 7,340  އަށް އަރައިފައެވެ.

 

މިއަދު އޮންލައިން