ކޮރޯނާ ފެތުރެމުން ދިއުމާއެކުވެސް މުސްލިމުންނަށް ހިތްވަރުދޭން ބްރަސަލްސްގަ މުންނާރުތަކުން ބަންގިގޮވަން ހުއްދަ ދީފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކޮރޯނާ ފެތުރެމުން ދިއުމާއެކުވެސް މުސްލިމުންނަށް ހިތްވަރުދޭން ބްރަސަލްސްގަ މުންނާރުތަކުން ބަންގިގޮވަން ހުއްދަ ދީފި!

ކޮރޯނާ ވައިރަސް އާއި ގުޅިގެން މުންނާރުތަކުން ބަންގި ގޮވުން ކުރިން މަނާކުރި ނަމަވެސް ކޮރޯނާ ފެތުރެމުން ދިއަ ނަމަވެސް ބްރަސަލްސްގަ މުންނާރުތަކުން ބަންގިގޮވަން ހުއްދަ ދީފި އެވެ.

ބެލްޖިއަމް ސަރުކާރުން ބުނެފައިވަނީ ބަންގި ގޮވަން ހުއްދަ ދިނީ މުސްލިމުންގެ ރޫޙް އާލާކޮށް މުސްލިމުންނަށް ހިތްވަރު ދިނުމަށް ކަމަށެވެ.   

މިވަގުތު ބެލްޖިއަމަށް ބަލައިފިނަމަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 12,775 އެވެ. ފަރުވާދެމުން ގެންދާ މީހުންގެ އަދަދަކީ 10,374 އެވެ. މަރުވި މީހުންގެ އަދަދަކީ 705 އެވެ. ސީރިއަސް ޙާލަތުގައި ތިބި މީހުންގެ އަދަދަކީ 1,021 އެވެ. 

މިޙާލަތުގައިވެސް މުސްލިމުންގެ ރުހުން ހޯދަން ނުވަތަ މުސްލިމުންގެ ރޫޙް އާލާކުރަން ބެލްޖިއަމްގެ ސަރުކާރުން ނިންމުމަކީ ވަރަށް ގިނަ ވާހަކަތައް ކިޔައިދޭ ކަމެކެވެ.  

ބަންގީގެ އަޑު (31 މޭރިޗް 2020):

ގުޅުންހުރި މައުލޫމާތާއި ބަންގީގެ އަޑު (ވީޑިއޯ 30 މާރިޗް 2020):

https://www.yenisafak.com/en/video-gallery/life/muslim-call-to-prayer-recited-at-brussels-mosque-for-first-time-2203706

 

 

މިއަދު އޮންލައިން