ރިޕޯޓްތައް ދައްކާ ގޮތުން މިރޭގެ 10.30 ވީއިރު ދުނިޔެއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 835،892 އެވެ. ރޭގެ 10.30 ވީއިރު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ
759،321 އެވެ. ވީމާ 24 ގަޑިއިރު ތެރޭ އިތުރަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެވަނީ 76،571އަށް އަރައިފައެވެ.
މިރޭގެ 10.30ވީއިރު ރިޕޯޓްތައް ދައްކާ ގޮތުން މަރުވި މީހުންގެ އަދަދަކީ41,234 އެވެ. ރޭގެ އަދަދަކީ އަދަދަކީ 36،855 އެވެ. މިއީ 4379 އިތުރު އަދަދެކެވެ. ޝިފާ ލިބުނު މީހުންގެ އަދަދަކީ 174,454އެވެ.
ކޮރޯނާ އެންމެ ބާރަށް ފެތުރެމުން ދަނީ އަދިވެސް އެމެރިކާގައެވެ. އެމެރިކާގައި މިރޭ 10.30 އާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 176,518 އަށް އަރައި އަދި މަރުވި މީހުންގެ ޢަދަދު ވަނީ 3,431އަށް އަރައިފައެވެ. މިއީ ޗައިނާގައި މިހައިތަނަށް މަރުވި މީހުންނަށްވުރެ 3,431 އިތުރު ޢަދަދެކެވެ.