ޕާކިސްތާނުގެ އައިޓީ ދަރިވަރު، ޝަންޒާ މުނީރު، ލޯފަން މީހުންނަށް ޚާއްޞަ ފައިވާނެއް އުފައްދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ޕާކިސްތާނުގެ އައިޓީ ދަރިވަރު، ޝަންޒާ މުނީރު، ލޯފަން މީހުންނަށް ޚާއްޞަ ފައިވާނެއް އުފައްދައިފި

ޕާކިސްތާނުގެ އައިޓީ ދަރިވަރު، ޝަންޒާ މުނީރު، ލޯފަން މީހުންނަށް ޚާއްޞަ ފައިވާނެއް އުފައްދައިފި އެވެ.

މިފައިވާނުގައި ހިނގާއިރު ކުރިމަތިން މަގު ބަންދުވާނަމަ ނުވަތަ ދެވެން ނެތް ނަމަ އެއިގައިވާ ގެޖެޓްތަކަކުން ފަޔަށް ސިގްނަލް ފޮނުވައިދިނުމުން ހުއްޓެން އެނގޭނެއެވެ. އޭނާ އުންމީދު ކުރަނީ އެއިގެ ފައިވާން އުފައްދައިގެން 10،000 އާއި 12،000 ރުޕީސް އާއި ދެމެދުގެ އަގެއްގައި ވިއްކޭނެއެވެ. ދިވެހި ރުފިޔާއިން ބަލައިފި ނަމަ އެއީ 1000 ވަރަކަށް ރުފިޔާއެވެ. 

ޝަންޒާ އުންމީދު ކުރަނީ އެނާގެ އުފެއްދުން ކުރިއަށް ގެންދެވޭނެ އެހީތެރިކަމަށެވެ. އަދި އެންމެންގެ ހިތްވަރާއި ތާއީދަށެވެ. މިދިއަ އަހަރު ދުބާއީގައި ބޭއްވި ފެއާރ އެއްގައިވެސް ފައިވާނަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ.

 

މިއަދު އޮންލައިން