ކޮރޯނާ!: ކައިވެނިކޮށްގެން ފަންސާސް އަހަރު އުފަލުގަ އުޅުނު ދެމަފިރިއަކު ވެންޓިލޭޓަރުގަ އަތާއަތް ގުޅާލައިގެން ތިބެ މަރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ކޮރޯނާ!: ކައިވެނިކޮށްގެން ފަންސާސް އަހަރު އުފަލުގަ އުޅުނު ދެމަފިރިއަކު ވެންޓިލޭޓަރުގަ އަތާއަތް ގުޅާލައިގެން ތިބެ މަރުވެއްޖެ!

ކައިވެނިކޮށްގެން ފަންސާސް އަހަރު އުފަލުގައި ދިރިއުޅުނު އެމެރިކާގެ މިސިސިޕިއަށް ނިޞްބަތްވާ ދެމަފިރިއަކު ވެންޓިލޭޓަރުގައި އަތާއަތް ގުޅާލައިގެން ތިބެ މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމީހުން މަރުވީ 6 މިނިޓުގެ ތަފާތެއްގައެވެ. 

އުމުރުން 72 އަހަރުގެ ޖެރީ އޯސްޓިން ވިލިއަމްސް އާއި އޭނާގެ އަނބިމީހާ ފްރޭންސިސް ޖެވެލް އަކީ އަހަރަކު 20 ވަރަށް ފަހަރު ކްރީޒަރ ތަކުގައި ދަތުރުކުރާ ދެމަފިރިންނެވެ. ކޮންމެ ދަތުރަކަށްފަހުވެސް ދެމަފިރިން ކޮންމެވެސް ވަރަކަށް ބަލިވެއެވެ. އެހެންކަމުން މިފަހަރު ބަލިވުމުންވެސް ޢާއިލާގެ މީހުން އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ނުނަގައެވެ. ކަންބޮޑުވާން އެނގުނީ ވެސް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމުންނެވެ. 

ދެމަފިރިންނަށް 2 ދަރިންނާއި 8 ކާފަ/މާމަ ދަރިންނާއި 12 މުނިކާފަ/މުނިމާމަދަރިން ލިބިފައިވެއެވެ.

 

 

 

މިއަދު އޮންލައިން