މި ފެންނަނީ ކުއްޖާއަށް ޖެހިފައިވާ ބައްޔެއް ނޫނެވެ! ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކުރާ އަނިޔާތަކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
މި ފެންނަނީ ކުއްޖާއަށް ޖެހިފައިވާ ބައްޔެއް ނޫނެވެ! ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކުރާ އަނިޔާތަކެވެ!

ޚަބަރުގަވާ ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވަނީ ފަލަސްތީނުގެ އެ ކުޑަ ކުއްޖާއަށް ޖެހިފައިވާ ބައްޔެއްގެ އަސަރެއް ނޫނެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކުރަމުން ގެންދާ އަނިޔާތަކެވެ!

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވެދިނުމަށް އިތުބާރާއިއެކު ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ޞަދަޤާތް ކުރައްވަވާށެވެ! އެކަމުގެ ސަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުވެގެން އެނބުރި އަންނާނެއެވެ. އިން ޝާ ﷲ

ޞަދަޤާތް ކުރެއްވެން ނެތް ނަމަ ހެޔޮ ދުޢާ ކުރައްވަމުން ގެންދަވާށެވެ! މީހަކަށް ނޭނގި އެމީހަކަށްޓަކައި ހެޔޮ ދުޢާ ކުރުމަކީ އެމީހަކު އެކުރި ދުޢާގައި އެދޭ ކަންތައް ދުޢާ ކުރި މީހާއަށް ހިންމަވައި ދެއްވެވުން އެދި މަލާއިކަތްބޭކަލުން ދުޢާކުރައްވަވާ ކަމެކެވެ!

މިއަދު އޮންލައިން