76 ދުވަސް ތެރޭ، ކޮރޯނާ ވައިރަސް ފެތުރިގަތް ޗައިނާގެ ވުހާން ސިޓީ ހުޅުވައިލެވުނުކަން އެއީ ލިބުނު ކުރިއެރުމެއް ކަމަށާއި ރައްޔިތުން ސަމާލުކަންދީ ކިޔަމަންތެރިވެއްޖެ ނަމަ ހުރިހާ ސިޓީތަކެއްވެސް ހުޅުވައިލެވުން އަވަސްވެގެންދާނެ ކަމަށް ބަލި ދިރާސާ ކުރަމުން ގެންދާ ސައިންސްވެރިންގެ ފަރާތުން ހާމަކޮށްފިއެވެ.
ސައިންސްވެރިންގެ ރިޕޯޓުގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ބައްޔަށް ނެގަޓިވްވި ނަމަވެސް ފަރުވާތެރިވުމަށެވެ. އެއީ ދެވަނަ ފަހަރަށް ބައްޔަށް ޕޮޒިޓިވްވަމުންދާތީއެވެ.
މިއީ ރާއްޖޭގައިވެސް ސަމާލުކން ދޭން ޖެހޭނެ ކަމެކެވެ. 4 ދިވެހިން އެވަނީ ޕޮޒިޓިވްވެފައެވެ. ދުޢާއަކީ އިތުރު މީހަކު ޕޮޒިޓިވް ނުވުމެވެ. 4 މީހުން ނެގަޓިވް ވުމުން ދޫކޮށްލެވޭނެއެވެ. ނަމަވެސް އެނގިގެން މިދަނީ އިތުރަށް ސަމާލުކަން ދޭން ޖެހޭނެ ކަމެވެ.
ބައްޔަކީ މުޅިން އައު ބައްޔަކަށްވުމުން އަލުން ޕޮޒިޓިވް ވަނީ ކިތައް ދުވަހުން ކަމެއް އަދި ޔަޤީންކުރެވިފައެއް ނެތެވެ. ނަމަވެސް ޗައިނާއިން ހާމަކުރި ރިޕޯޓަކުން އިތުރު ހިތްހަމަޖެހުން ލިބެއެވެ. އެއީ އަލުން ޕޮޒިޓިވްވި މީހުންގެ ޢާއިލާގެ އެއްވެސް މީހަކު ޕޮޒިޓިވް ނުވާކަމަށް ބުނެފައިވާތީއެވެ.
މިއީވެސް ހަމައެކަނި އުންމީދެކެވެ. ޔަޤީންކަން އޮތް ކަމެއް ނޫނެވެ. ވީމާ އެންމެންވެސް މިކަންކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. ހަމައެއާއިއެކު ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް ކޮންމެ ބައްޔެއްވެސް ޖެހިދާނެ މީހެކެވެ. ވީމާ ބަލި ޖެހޭ މީހުންނާއި ބައްޔަށް ޓެސްޓްކުރެވޭ މީހުން ބާކީކޮށްލައި އިހާނެތިކޮށް އަމަލު ނުކުރަން ޑޮކްޓަރުން ވެސް ގެންދަނީ އިލްތިމާސްކުރަމުންނެވެ.
ގުޅުން ހުރި ލިޔުމެއް (އަލްޖަޒީރާ):
https://www.aljazeera.com/news/2020/04/long-coronavirus-lockdowns-travel-bans-200409201647063.html