ހަވާއީގަ ކުލި ނުދެއްކޭ އަންހެނުންގެ ކިބައިން ޖިންސީ ގުޅުން ހިންގައިދޭން އެދުން އިތުރުވާތީ ސަރުކާރުން ކަންބޮޑުވެއްޖެ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 58ސ
ހަވާއީގަ ކުލި ނުދެއްކޭ އަންހެނުންގެ ކިބައިން ޖިންސީ ގުޅުން ހިންގައިދޭން އެދުން އިތުރުވާތީ ސަރުކާރުން ކަންބޮޑުވެއްޖެ!

ހަވާއީގައި ދިރިއުޅޭތަނުގެ ކުލި ނުދެއްކޭ އަންހެނުންގެ ކިބައިން ޖިންސީ ގުޅުން ހިންގައިދިނުމަށް އެދުން އިތުރުވެފައިވާ ކަމަށްބުނެ ސަރުކާރުން ކަންބޮޑުވުން ފައުޅުކުރަން ފަށައިފިއެވެ.  

އެޓޯނީ ކެލްވިން ވިދާޅުވެފައިވަނީ ކުލި ދެއްކެން ނެތްކަން އަނގައި އިމާރާތުގެ ވެރިފަރާތަށް މެސެޖުކުރުމުން ޖަވާބުގައި ބުނަނީ "އެހެން ގޮތެއް" ހަމަޖައްސަންކަމަށާއި ދެން ފޮނުވަނީ ޖިންސީ ގުޅުމުގެ ފޮޓޯތައް ކަމަށެވެ. މިފަދަ ގިނަ މައްސަލަތަކެއް މިހާރުވެސް ރިޕޯޓްކޮށްފައިވާ ކަމަށާއި ރިޕޯޓް ނުކުރާ މައްސަލަތައް ވަރަށް ގިނަވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. 

އެޓޯނީ ވިދާޅުވެފައިވަނީ މިމަހުގެ ކުލި ދެއްކުނީ 69 އިންސައްތަ މީހުންނަށް ކަމަށާއި ކުލި ނުދެއްކޭ މީހުންގެ އަދަދު ދާނީ އިތުރުވަމުން ކަމަށްވާއިރު މިކަންތައް ވަރަށް ބޮޑު އިޖުތިމާޢީ މައްސަލައަކަށް ވެގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.  

ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަކީ އިސްލާމް ދީނުގެ އިތުރުން ކްރިސްޓިއަން ދީނުގައިވެސް އަދި އެހެން ދީންތަކުގައިވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެންކަމުން އެނގިގެން މިދަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކައުތެރި ޙާލަތުގައިވެސް ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތްކަމެވެ.  

މިއަދު އޮންލައިން