ކޮރޯނާގެ ހުރިހާ ރެކޯޑްތަކެއް އެމެރިކާއަށް ލިބި މަރުވި މީހުންގެ އަދަދު ވިހި ހާހަށްވުރެ މައްޗަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކޮރޯނާގެ ހުރިހާ ރެކޯޑްތަކެއް އެމެރިކާއަށް ލިބި މަރުވި މީހުންގެ އަދަދު ވިހި ހާހަށްވުރެ މައްޗަށް!

ކޮރޯނާގެ ޙާލަތު މުޅި ދުނިޔެއަށް ބެލިނަމަވެސް ހުރިހާ ރެކޯޑްތަކެއް އެމެރިކާއަށް ލިބި ނިމިއްޖެއެވެ. 

މިވަގުތާއި ހަމައަށް ބަލައިފިނަމަ އެންމެ ގިނަ މީހުންނަށް ބަލި ޖެހުނީވެސް އެންމެ ގިނަ މީހުންނަށް ފަރުވާކުރަމުންދަނީވެސް އެންމެ ގިނަ މީހުން އެންމެ ސީރިއަސް ޙާލަތުގައި ތިބީވެސް އަދި އެންމެ ގިނަ މީހުން މަރުވީވެސް އެމެރިކާގައެވެ. 

ބަލިޖެހުނު މީހުންގެ އަދަދަކީ 524,266 އެވެ. މަރުވި މީހުންގެ އަދަދަކީ 20,223 އެވެ. ފަރުވާކުރަމުންދާ މީހުންގެ އަދަދަކީ 475,288 އެވެ. މަރުވި މީހުންގެ އަދަދަކީ 20,223 އެވެ. އެންމެ ސީރިއަސް ޙާލަތުގައި ތިބި މީހުންގެ އަދަދަކީ 11,053 އެވެ. 

މިހާރު ލިބެމުންދަނީ ބައެއް ސިޓީތަކުގައި މަރުވާ މީހުންނާއި ޙަވާލުވާނެ ބައަކު ނެތް ކަމުގެ ޚަބަރުތަކެވެ. އެންމެ ބާރުގަދަ ޤައުމުކަމަށް ދައުވާކުރަމުން އައި އެމެރިކާގެ ޙާލަތުން ޢިބްރަތް ޙާޞލުކުރާށެވެ! ދުޢާއަކީ ހެޔޮ ވިސްނުން މިންވަރުކުރެއްވެވުމެވެ. އާމީން

މިއަދު އޮންލައިން