ކުދިން އުފަންވުމުން ކޮރޯނާއިން ސަލާމަތްކުރަން ޚާއްޞަ ޝީލްޑެއް އަޅުވަން ފަށައިފި!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 47ސ
ކުދިން އުފަންވުމުން ކޮރޯނާއިން ސަލާމަތްކުރަން ޚާއްޞަ ޝީލްޑެއް އަޅުވަން ފަށައިފި!

ކުދިން އުފަންވުމުން ކޮރޯނާއިން ސަލާމަތްކުރަން ޚާއްޞަ ޝީލްޑެއް އަޅުވަން ފަށައިފިއެވެ. 

ތައިލެންޑުގެ ބެންކޮކް ޕެރަމް 9 ހޮސްޕިޓަލުގައި ކުދިން އުފަންވުމުން އަޅުވަންފަށާފައިވާ މި ޝީލްޑަކީ ކޮރޯނާ ޖެހިފައިވާކަން ނުއެނގޭ (ބަލި ހުރިކަން ނުއެނގޭ) މީހަކަށް ކުދިންނާއި ކައިރިވެވުނު ނަމަވެސް އެކުދިންނަށް އަސަރު ކުރުން ހުއްޓުވުމުގެ ގޮތުން އަޅުވާ ޚާއްޞަ ޝީލްޑެކެވެ. 

މި ޝީލްޑް އެޅުވުމުން ވައިރަސް ހުރި މީހަކު ކުދިން ކައިރީގައި ހުރެ ކެއްސައި ކިނބިހި އެޅުން ފަދަ ކަމެއް ކުރިނަމަވެސް ވައިރަސް ކުދިންނަކަށް ނުފޯރާނެއެވެ. ހޮސްޕިޓަލުން ބުނީ މި ފަދަ ޝީލްޑެއް އަޅުވަން ފެށީ ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިފުޅު ބޭއްވިފައި އޮތީ ކޮރޯނާއިން ސަލާމަތްކަން ލިބޭ ފަދަ ގޮތަކަށްކަން ކަށަވަރުކުރާތީ ބެލެނިވެރިންގެ ސިކުނޑިއަށް ލުޔެއް ހޯދައި ދިނުމަށް ކަމަށެވެ. 

ތައިލަންޑުގައި މިވަގުތާއި ހަމައަސް ކޮރޯނާ ޖެހުނު މީހުންގެ ޢަދަދަކީ 2551 އެވެ. 38 މީހުން ވަނީ މަރުވެފައެވެ.

 

މިއަދު އޮންލައިން