ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ އެންމެންގެ ހަށިތައް އަންދަން ސްރީލަންކާ ސަރުކާރުން ނެރުނު އަމުރާއި ގުޅިގެން މުސްލިމުންގެ ހަށިތައް އަންދަމުން ގެންދަނީ ކަށުނަމާދުކުރުމުގެ ފުރުޞަތު ވެސް ޢާއިލާއަށް ނުދީއެވެ.
ކޮރޯނާ ޖެހިގެން ލަންކާގައި ދެވަނައަށް މަރުވި މުސްލިމަކީ އުމުރުން 73 އަހަރުގެ ބިޝުރުލްހާފީ މުޙައްމަދު ޖުނޫސް އެވެ.
"ބައްޕަ އައީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން. ކޮރޯނާއަށް ޕޮޒިޓިވްވިކަން އެނގުނު ދުވަހު މަރުވެސް ވެއްޖެ. އެއްވެސް ކަމެއް އަހަރެމެންނަށް ނުވެސް އަންގާ. އެންމެ ކުޑަމިނުން ކަށުނަމާދުކޮށްލަން ވެސް ފުރުޞަތެއް ނުދިން. ހަށިގަނޑޫ އަނދައިލިކަން އެނގުނީ." އޭނާގެ ދަރިފުޅު ފައްޔާޟް ބުނެފައިވެއެވެ.
ފައްޔާޟް ބުނީ ފުލުހުންގެ ވެހިކަލެއްގެ ބައްޕަގެ ހަށިގަނޑު ގެންގޮސް އަނދައިލީ ކަމަށާއި އެއީ ބައްޕަގެ ޖަނާޒާ ބޭއްވުން ކަމަށް ޢާއިލާއިން ޤަބޫލުނުކުރާ ކަމަށެވެ.
ލަންކާގަ ކުރިން ޤަވާއިއދު އޮތީ މުސްލިމުން މަރުވުމުން އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ވަޅުލަން ހުއްދަ ދޭ ގޮތަށެވެ. ނަމަވެސް މުސްލިމުންނަށް ފުރައްސާރަކޮށް ހިތުގައި ޖެއްސުމުގެ ގޮތުން އެ ޤަވާއިދު މިހާރު ވަނީ ބަދަލުކޮށްފައެވެ.
ކޮރޯނާ ވައިރަސް އާއި ގުޅުވައިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގައި އަންނަނީ އިސްލާމް ދީނަށް ނަޞްރު ލިބެމުންނެވެ. ސްޕޭއިން ޖަރުމަން، އަޔަލޭންޑް ފްރާންސް ފަދަ އެތައް ޤައުމެއްގައި މުސްލިމުންނަށް ވަނީ މިހާރުވެސް ބޮޑެތި ކުރިއެރުންތައް ލިބޮފައެވެ. މިފަދަ އަނިޔާވެރިކަން ފެންނަމުން މިދަނީ އިންޑިއާ، ސްރީ ލަންކާ ފަދަ ޤައުމުތަކުންނެވެ.