މަގުމަތިން ހިފެހެއްޓޭ އެންމެން ފުލުހުންގެ ބެލުމުގެ ދަށަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
މަގުމަތިން ހިފެހެއްޓޭ އެންމެން ފުލުހުންގެ ބެލުމުގެ ދަށަށް!

މިރޭ 8.30 އިން ފެށިގެން މަގުމަތިން ހިފެހެއްޓެމުންދާ އެންމެން އަދި ތިބީ ފުލުހުންގެ ބެލުމުގެދަށުގައި ކަމަށާއި އެމީހުންނާއިމެދު އަޅަން ޖެހޭ ފިޔަވަޅު ފުލުހުން އަޅާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މަބްރޫކް ވިދާޅުވީ 8.30 އިން ފެށިގެން ފުރަތަމަ 7 މިނިޓް ތެރޭގައި ވެސް 74 މީހުން ހިފެހެއްޓިފައިވާ ކަމަށާއި އެއީ މިނިޓަކު 10 މީހުންނަށްވުރެ ގިނަ އަދަދެއް ކަމަށެވެ. އަދި ހިފެހެއްޓި މީހުންގެ ތެރޭގައި ބިދޭސީންވެސް ހިމެނޭ ކަމަށެވެ. 

ފުލުހުން މިރޭ މަގުމަތިން ހިފަހައްޓަން ފެށީ ކުރިން އެކަން ކުރާނެ ކަމަށް އެންގުމަށްފަހުގައެވެ.

 

 

މިއަދު އޮންލައިން