ތިން ދުވަހުން އެއް ދުވަހު ކޮންމެ ގެއަކުން އެކަކަށް ވިޔަފާރި ކުރަން ވަގުތީ ހުއްދައެއް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފި އެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރުޝް ވިދާޅުވީ
މާލޭގެ ކޮންމެ ގެއަކަށް ތިން ދުވަހުން އެއް ދުވަހު ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެ ގޮތް މާދަމާއިން ފެށިގެން ހުޅުވާލާނަނެ ކަމަށާއި އެކަމަށް ޕޮލިސްގެ ޕޯޓަލް އިން ފޯމެއް ފުރާލީމަ އޭގައި އޮންނަ ނަންބަރަށް ކިޔޫއާރު ކޯޑެއް ފޮނުވާނެކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭނީ ވަކި ސަރަހައްދަކަށް ކަމަށާއި އެއީ ކޮން ސަރަހައްދެއްކަން އެޕްލައި ކުރާ ފަރާތަކަށް އެނގޭނެ ކަމަށެވެ.