ދެން އަޅާނީ ފިޔަވަޅު! ނަޞޭޙަތް ދިނުން ނިމުނީ!: ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދެން އަޅާނީ ފިޔަވަޅު! ނަޞޭޙަތް ދިނުން ނިމުނީ!: ފުލުހުން

ހުއްދަ ލިބިފައިވާ ނުވާ މީހަކު މަގުމައްޗަށް ނުކުމެއްޖެ ނަމަ ދެން ނަޞޭޙަތް ނުދޭނެ ކަމަށާއި އަޅާނީ ފިޔަވަޅު ކަމަށް ފުލުހުން ބުނެފިއެވެ. 

ދާދި ދެންމެ ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޖުރުމަނާ ކުރާނެ ކަމަށާއި ތަކުރާރުކުރާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. 

ފުލުހުން ބުނީ މިހާލަތުގައި ގެއިން ނުކުންނަން ހުއްދަ ދެވެނީ ގޭބިސީތަކަށް ބޭނުންވާ ޒަރޫރީތަކެތި ގަންނަން ކަމަށާއި އެހުއްދަ ލިބިގެން ނުކުންނަ މީހުން އެހެން ކަންކަން ކުރުމާއި ހުއްދަ ދީފައި ނުވާ ސަރަހައްދުތަކަށް ދިއުން ފަދަ ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ފާސް ލިބިފައިވާ މީހުން ވެސް ފާސް ހޯދި ސަބަބު ނޫން އެހެން ކަންކަމަށް ފާސް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. 

ކުއްލިއަކަށް ލޮކްޑައުންގެ ޙާލަތަށް ދާން ޖެހުމުން ޑެލިވަރީތަކަށް ބާރުބޮޑުވެގެން ދިއުމަކީ ވެސް މަގުމައްޗަށް ނުކުންނަން ގިނަ ބައަކަށް ޖެހުނު ސަބަބެއް ކަމަށާއި މަސައްކަތްކުރެވެމުން މިދަނީ އެ ކަންކަމަށް ޙައްލެއް ހޯދަން ކަމަށް ވެސް ވަނީ ބުނެފައެވެ.

މިއަދު އޮންލައިން