މިސްކިތްތަކުން ފެން މިހާރު ވާނީ ކަނޑާލާފައި ކަމަށާއި މިސްކިތްތައް އެކުގައި ބަންދުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ވިދާޅުވީ މާލެ ލޮކްޑައުންގެ ޙާލަތުގައިވާއިރު މިސްކިތައް ދިއުމަކީ ކުރެވެން ނެތް ކަމެއް ކަމަށާއި ނަމަވެސް ބައެއް މީހުން މިސްކިތުން ފެން ބޭނުންކޮށް މިސްކިތްތަކުގައި ނިދުމުގެ މައްސަލަތައްވެސް ކުރިމަތިވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ މި ދެއްކެނީ ވަރަށް ޙައްސާސް މައްސަލައެއްގެ ވާހަކަކަންވެސް. ނަމަވެސް މިއަދުގެ މިޙާލަތުގަ އެނޫން ގޮތެއް ނެތް." ކަމަށްވެސް ޢަބްދުލްމައްނާން ވިދާޅުވިއެވެ.