މާލެ މިއޮތީ ލޮކްޑައުންގެ ޙާލަތުގަކަން ޤަބޫލުކޮށް ކެތްތެރިވާން ފުލުހުން އިލްތިމާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މާލެ މިއޮތީ ލޮކްޑައުންގެ ޙާލަތުގަކަން ޤަބޫލުކޮށް ކެތްތެރިވާން ފުލުހުން އިލްތިމާސްކޮށްފި

މާލެ މިއޮތީ ލޮކްޑައުންގެ ޙާލަތުކަން ޤަބޫލުކޮށް ކެތްތެރިވާން ފުލުހުން އިލްތިމާސްކޮށްފި އެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބުނެފައިވަނީ ފުލުހުންގެ އެޕްލިކޭޝަން ބޭނުންކޮށްގެން ފޯމްފުރަން ނުއެނގޭ ފަރާތްތަކުން ފޯނުކުރުމުން ފުލުހުން އެގެއަކަށް ގޮސް ފޯމް ޙަވާލުކުރާނެ ކަމަށެވެ. 

ޑިޕިޔުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުލްމައްނާން ވިދާޅުވީ ޒަރޫރޫ ބޭނުންތަކަށް ގެއިން ނުކުންނަން ދެވޭ ހުއްދައިގެ ދަށުން ނުކުންނަ މީހުން އުޅެން ޖެހޭނީ ފައިމަގުގައި ކަމަށެވެ. "ފައިމަގުގަ ދާން ހުއްދަ މިދެނީ. ވެހިކަލް ދުއްވާކަށް ނޫން.،" 

ފުލުހުން ބުނީ ފުލުހުން ކަނޑައަޅާ ކަންކަން ކަނޑައަޅަމުން ގެންދަނީ ހުރިހާ ރައްޔިތުންނަށް ވެސް ސަލާމަތްކަން ފޯރުކޮށްދޭން ކަމަށާއި އެހެންކަމުން ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.  

 

މިއަދު އޮންލައިން