ޖުމްހޫރީ މައިދާނުގެ ކޮތަރުތަކަށް ފުލުހުން ކާންދޭންފަށައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ޖުމްހޫރީ މައިދާނުގެ ކޮތަރުތަކަށް ފުލުހުން ކާންދޭންފަށައިފި!

ޖުމްހޫރީ މައިދާނަކީ ގިނައަދަދަކަށް ކޮތަރު އެއްވާ މަންޒިލެވެ. އެތަނުގައި އަބަދުވެސް އެއަށް ކާންދޭނެ މީހުން ތިބެއެވެ.

އެހެންނަމަވެސް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވުމުން ޖުމްހޫރީ މައިދާނަށް އެއްވާ ކޮތަރުތަކަށް ކާންދޭނެ މީހަކު ނުވެގެން، ބައެއް ކޮތަރުތައް މަރުވަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯސަލްމީޑިއާގައި ވަނީ ފާހަގަކޮށްފައެވެ.

މިކަމާގުޅިގެން ސީޕީ ހަމީދު ޓްވިޓަރ ގައި ބުނެފައިވަނީ ކޮތަރަށް ކާންދިނުމުގެ މަސައްކަތާއި ލޭހަދިޔާ ކުރުން ވެސް ފުލުހުން ކުރަމުންގެންދާކަމަށެވެ. އަދި ފޮޓޯއެއް ވެސް ވަނި ހިއްސާކުރައްވާފައެވެ.

ފުލުހުންގެ މި ހިދުމަތަށް ސޯސަލްމީޑިއާގައި ދަނީ ތައުރީފް ކުރަމުންނެވެ.

 

މިއަދު އޮންލައިން