އުރުދުންގެ ރޮޔަލް އިސްލާމިކް ސްޓްރެޖިކް ސްޓަޑީޒް ސެންޓަރުން މިއަހަރުގެ މުސްލިމް ޞަޚްޞިއްޔަތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ހޮވައިފި އެވެ.
އިމްރާން ޚާނަށް މިފަދަ ދަރަޖައެއް ދީފައިވަނީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއިއެކުވެސް އިސްލާމް ދީނުގެ އުޞޫލުތަކުގައި ސާބިތުކަމާއިއެކު ހިފަހައްޓަވައި އަދި ވަކާލާތުވެސް ކުރައްވަމުން ގެންދަވާތީއެވެ.
ސޯޝަލް މީޑިއާއަށް ބެލި ނަމަވެސް އިމްރާން ޚާނަކީ 10.5 މިލިއަން ސަޕޯޓަރުންނާއިއެކު 6 ވަނައަށް އެންމެ މަޝްހޫރުކަން ބޮޑު ދުނިޔޭގެ ލީޑަރެވެ.