މަގުމަތިވެފައިވާ ފަންސަވީސް މީހަކު ޑްރަގް ރިހިބިލިޓޭޝަނަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މަގުމަތިވެފައިވާ ފަންސަވީސް މީހަކު ޑްރަގް ރިހިބިލިޓޭޝަނަށް!

މާލެ ލޮކްޑައުންގެ ޙާލަތަށް ގެންނަން ޖެހުމުން މަގުމަތިވި 87 މީހަކަށް ޖެންޑަރ މިނިސްޓްރީން އެހީތެރިވަމުން ގެންދާ ކަމަށާއި އެއިގެ ތެރެއިން 25 މީހަކީ ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުން ކަމަށްވުމުން ކަމާއި ގުޅުންހުރި މަރުކަޒަށް ބަދަލުކުރެވިފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މި 25 މީހުންނާއި ބެހޭ އިތުރު ތަފްޞީލު މަބްރޫކް ދެއްވާފައެއް ނުވެއެވެ. ޑްރަގު ބޭނުންކުރާ ގިނަ ބައަކު ގެސްޓް ހައުސްތަކުގައި ދިރިއުޅެމުން އައިކަން ފާހަގަކުރެވޭއިރު މީގެ ތެރޭގައި ސަބް ޑީލަރުން، ޑީލަރުން އަދި ހަށިވިއްކާ އަންހެނުން ހިމެނޭކަންވެސް ފާހަގަކުރެވިފައިވެއެވެ. 

މާލެ ލޮކްޑައުންއަކަށް ދިއުމުން ޑްރަގް ލިބުމަށްވެސް ދަތިތައް ކުރިމަތިވެ "ސިކްވުން" ފަދަ މައްސަލަތައް ކުރިމަތިވާނެކަމަސް ކުރިންވެސް ވަނީ ބެލެވިފައެވެ. މިކަމާއި ގުޅިގެން މަޖިލިހުގެ ކޮމިޓީއެއްގައި ލަންބޮޑުވުން ފައުޅުކުރި ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

މިއަދު އޮންލައިން