ލަންކާގަވެސް 3 މަހެއްހައި ދުވަހުން އެރީ ތިން ސަތޭކައަށް! ރާއްޖެއަށްވެސް ސަލާމަތްވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ލަންކާގަވެސް 3 މަހެއްހައި ދުވަހުން އެރީ ތިން ސަތޭކައަށް! ރާއްޖެއަށްވެސް ސަލާމަތްވެވޭނެ! އިން ޝާ ﷲ

އަވަށްޓެރި ސްރީލަންކާއަށް ބަލައިފިނަމަ ކޮރޯނާ ޖެހުނު މީހުންގެ އަދަދު ޖަނަވަރީ މަހުގެ ފަހުކޮޅުން ފެށިގެން މިއަދާއި ހަމައަށް އަރާފައިވަނީ 323 އަށެވެ. މަރުވި މީހުންގެ އަދަދަކީ 7 އެވެ. 

ސްރީލަންކާގައި މިހައިވަރަށް ކޮންޓްރޯލްކުރެވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުޔގެ އެންގުންތަކަށް ރައްޔިތުން ކިޔަމަންތެރިކަން އަދާކުރި މިންވަރެވެ. ނަތީޖާއެއްގެ ގޮތުން ސިއްޙީ ޚިދުމަތްތަކަށް ތައްޔާރުވާން ވަރަށް ބޮޑަށް ފުރުޞަތު ލިބިގެންދިއައެވެ. 

ރާއްޖެއަށް ބަލައިފިނަމަ ބަލި ފެނުމާއިއެކު ކޭސްތައް ވަނީ އިތުރުވެގެން ގޮސްފައެވެ. އެންމެ 8 ދުވަހުގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި އަދަދު މިވަނީ 66 އަށް އަރައިފައެވެ. އެހެންކަމާއިއެކުވެސް ރައްޔިތުންގެ އެއްބާރުލުމާއި ސަމާލުކަން ލިބެމުންދާނަމަ ﷲ ގެ ރަޙްމަތްފުޅާއިއެކު ބަލިޖެހޭ މީހުންގެ އަދަދު މަދުކުރެވި ދާދި އަވަހަށް ސަލާމަތްވެސް ވެވިދާނެއެވެ. 

މިކަމުގައި އެންމެ މުހިންމީ ހަމަ ﷲ ގެ ޙަޟްރަތުން ވާގިއެދެމުން ބަލިން ސަލާމަތްވެވިދާނެ ސަބަބުތަކުގައި ހިފެހެއްޓުމެވެ. ޑޮކްޓަރުން ދެއްވާ އިރުޝާދުތަކަށް ތަބަޢަވުމެވެ. ޢަމަލުކުރުމެވެ.

މިއަދު އޮންލައިން